ބޯހިޔާވަހިކަމަށް އެންމެ އިސްކަންދީގެން މަސައްކަތް ފަށާ އެއް ރަށެއްގެ ގޮތުގައި އުނގޫފާރު ހަދާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބޯހިޔާވަހިކަމަށް އެންމެ އިސްކަންދީގެން މަސައްކަތް ފަށާ އެއް ރަށެއްގެ ގޮތުގައި އުނގޫފާރު ހަދާނަން: ރައީސް

ބޯހިޔާވަހިކަމަށް އެންމެ އިސްކަންދީގެން މަސައްކަތް ފަށާ އެއް ރަށެއްގެ ގޮތުގައި އުނގޫފާރު ހައްދަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ރަށުގައި ބިން ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި ރަށުގައި ރޯހައުސް ނުވަތަ ފްލެޓް މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އުނގޫފާރު ވެގެންދާނީ އަތޮޅުތަކުގައި ހައުސިންގ މަޝްރޫޢު ހިންގުމުގައި އެންމެ އިސްކަން ދެއްވާނެ އެއް ރަށަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސްވަނީ އުނގޫފާނުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހައުސިންގ މަޝްރޫޢެއް ހިންގަން ބޭނުންވާކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި އިތުރަށް 16 ކްލާސްރޫމެއް ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ މަސައްކަތް ކުރުމަށް އުނގުލު ހަމަޖައްސައިދެއްވުމަށް އެދުމާއި އުނގޫފާރުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަމާއި އާރު.ޓީ.އެލް. ފެރީ ނިޒާމު ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ކައުންސިލުން ވަނީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމާއި އަދި ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ
.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ ހޭންޑްބޯލް ކޯޓެއްގެ އިތުރުން ފަތާ ސަރަޙައްދެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަންކަމަކީ ސަރުކާރުން ސަމާލުކަންދެއްވައިގެން ފުރިހަމަކޮށްދެއްވާނެ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން