100 ވަނަ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
100 ވަނަ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ 100 ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި 100 ވަނަ ކައުންސިލާ ބައްދަލު ކުރައްވާފައިވަނީ މިއަދު ރ. އުނގޫފާރުގަ އެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ގާތުން ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް މަސައްކަތްޕުޅެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނު އަތޮޅުތަކަށް ދަތުރުފުޅު ފައްޓަވާފައިވާއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު ޢަމާޒެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެއެވެ.

މިއަދު އޮންލައިން