ވަސީލަތްތައް ހުރި ނަމަވެސް ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން: ޑރ.ޚަލީލު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ވަސީލަތްތައް ހުރި ނަމަވެސް ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން: ޑރ.ޚަލީލު

ވަސީލަތްތައް ހުރި ނަމަވެސް ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން ކަމަށް ހެލްތް މިނިސްޓަރ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޚަލީލް ވިދާޅުވީ  ކުރިންވެސް މިކަން ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށާއި މިއީ އެހާ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑުމެންނަށް އެނގޭ ވިސްނުންތެރި ވެރިއެއް ވަޑައިގެންފީއާ، މިއިން ކޮންމެ ކަމަކީ ރޮކެޓު ސައިންސެއް ނޫންކަން، ވަރަށް ސާދާކޮށް، އާދައިގެކޮށް ވިސްނުން ގެންގުޅެގެންވެސް މިއީ ކުރެވިދާނެ ކަމެއް ކަން،" ޑރ.ޚަލީލް ވިދާޅުވިއެވެ.

ޑރ.ޚަލީލް ވިދާޅުވީ ރައީސަށް އެންމެ މުހިންމުވަނީ ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ ފުރާނަ ސަމާލަތްކޮށް ދެއްވުން ކަމަށެވެ.

މިއަދު އޮންލައިން