ސްކްރެޕް ޔާޑެއް ހަދާ އެތަން ވިޔަފާރީގެ އުސޫލުން ހިންގުމަށް، ބިން ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ސްކްރެޕް ޔާޑެއް ހަދާ އެތަން ވިޔަފާރީގެ އުސޫލުން ހިންގުމަށް، ބިން ހޯދަނީ

މާލޭގެ މަގުމަތީގަ ހުންނަ ގިނަ ދުވަސްވީ އުޅަނދުތައް ޓޯކޮށް، ނައްތާލަންޖެހޭ ތެކެތި ނައްތާލުމަށްޓަކާ ސްކްރެޕް ޔާޑެއް ވިޔަފާރީގެ އުސޫލުން ހިންގުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިކަމަށްވެސް ޕްލޭނެއް އެބައޮތް ކަމަށާއި، މިދުވަސްވަރަކީ މާލޭގެ ބިންތަކުގެ ޕްލޭން ހަދަމުންދާ ދުވަސްވަރަކަށް ވުމުން އެކަމަށް ބިމެއް ހޯދުމަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުށައަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަހުމަތީގައި ހުންނަ ތަކެތި ޓޯ ކުރުމަކީ ކޮންމެހެން ފުލުހުން ކުރާންޖެހޭ މަސައްކަތެއް ނޫންކަމަށާއި، އެއީ ވިޔަފާރީގެ އުސޫލުން ދޫކޮށްލެވިދާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރުގެ ވިސްނުމަކީ ސްކްރެޕްޔާޑެއް ހިންގުން ވިޔަފާރީގެ އުސޫލުން ދޫކޮށްލުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން