މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

 

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ބުނީ، މާދަމާ ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ހެންވޭރުގެ މަޖީދީމަގާއި، ދޭލިޔާ ހިނގުން ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 16:00 އަށް ކަމަށެވެ.

އަދި ހެންވޭރުގެ މަޖީދީމަގާއި، ބޮޑުފުންގަނޑު މަގު، ލަންސީމޫ ގޯޅި އަދި ވައިޖެހޭ މަގު ހިމެނޭ ސަރަހައްދުން ވެސް މާދަމާ ހެނދުނު 9:30 އިން 11:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ

ސްޓެލްކޯގެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލައެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާއާފަށް އެދޭއިރު، މަސައްކަތެއް ފެށުމުގެ ކުރިން އެކުންފުނިން އަބަދުވެސް ރައްޔިތުންނަށް އެކަން އަންގައެވެ.

މިއަދު އޮންލައިން