ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނަން: ރަައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނަން: ރަައީސް

ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުއާ އާންމު ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ރައީސް މިހެން ވިދާޅުވީ ނ. މަނަދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ ނ. މަނަދޫ ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު ރައީސަށް މިއަދު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

ޢައްޒާ ޢަބްދުލްޣަފޫރުގެ ސުވާލުގައި ބުނީ އޭނާ ހިމެނޭހެން ކައުންސިލްތަކުގައި ކިޔަވައިގެން ތިބި އެތައް މުވައްޒަފަކު އެބަތިބި ކަމަށާއި އެކަމަކު ސެޓްފިކެޓަށް ބަލައިގެން ބައެއް އެހެން މުއައްސަސާތަކުގައި ލިބެމުންދާ އެލަވަންސް ކައުންސިލްތަކުގެ މުވައްޒަފުންނަށް ލިބެމުން ނުދާކަމަަށެވެ. އެހެންކަމުން އެކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްއަށް އޭނާ ދެންނެވި އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ "މަޖިލިސް ތެރެއިން ހައްލު ކުރަން ޖެހޭ ބައެއް ޤާނޫނީ މާއްދާތަކަށް ގެންނަ ޖެހޭ އިސްލާހުވެސް ހުރިކަން އެނގޭ. އެއީ އަޅުގަނޑު މާލޭގެ މޭޔަރަކަށް ހުރި އިރުވެސް އެ މައްސަލަ ހައްލުކުރަން އުޅުނީމަ އަޅުގަނޑަށް އެކްސްޕީރިއަންސް ކުރެވިފައިވަނީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ވަޒީފާގަ އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް އަދި އެހެން މިންގަނޑުތަކުގެ ތެރެއިންވެސް ކުރިއެރުންތައް ލިބޭނެ ގޮތް މަގުފަހިކޮށްދޭން،" ކަމަށެވެ.

މިއަދު އޮންލައިން