ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން އިނާޔަތެއް ދެން ފަށާނަން: ރައީސް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން އިނާޔަތެއް ދެން ފަށާނަން: ރައީސް

ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ނ.މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލުގައި 3 ކަމަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ. އޭގެތެރެއިން ތެލަސީމިއާ ކުދިންގެ އިނާޔަތާއި ގުޅޭގޮތުން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ޢިނާޔަތް ދެއްވުމަށް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު މަޖިލީހުން ހިމަނުއްވާފައި ނުވާކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ދެއްވާން ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ "ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސެން ކްލާސްތައް ސްކޫލްގައި ޤާއިމުކުރުމަކީވެސް މެނިފެސްޓޯގައި ޚާއްސަ އިސްކަމެއް ދީފައިވާދާއިރާއެއް. ޓްރެނިންގ ލިބިފައިވާ ސެން ޓީޗަރުންނެއް ނެތް ހަގީގަތުގައި. އެކަމަށް ޚާއްސަ ޓްރއެނިންގ އެއް ލިބެންޖެހޭނެ އެފަދަ ކުދިންނަށް އަޅާލާ ޓީޗަރުންނަށް. އެކަމުގެ މަސައްކަތް މިހާރު ފެށިފައިވަނީ." ކަަމަށެވެ.

މިއަދު އޮންލައިން