ދަރަނިތައް ގިނަވެ ކަންބޮޑުވަނީ ހެއްޔެވެ؟ ސުންނަތުން ޘާބިތުވާ މިދުޢާކުރައްވަމުން ގެންދަވާށެވެ!

ކިޔުމަށް ހޭދަވާނީ 2މ 21ސ
ދަރަނިތައް ގިނަވެ ކަންބޮޑުވަނީ ހެއްޔެވެ؟ ސުންނަތުން ޘާބިތުވާ މިދުޢާކުރައްވަމުން ގެންދަވާށެވެ!

އަލްއަޚް ޖުމައިލް މުޙައްމަދު

އަބޫ ސަޢީދު އަލްޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅު ވިއެވެ: އެއް ދުވަހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތަށް ވެދެވަޑައިގެންނެވިއެވެ. އޭރު މިސްކިތުގައި  އަންޞާރުންގެ ތެރެއިން އަބޫ އުމާމާއެވެ ކިޔޭ ބޭކަލަކު އިންނެވިއެވެ.

އަބޫ އުމާމާއަށް އިތުރު އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: "އޭ އަބޫ އުމާމާއެވެ! ނަމާދު ވަގުތު ނޫން ވަގުތެއްގައި ކަލޭގެފާނު މިސްކިތުގައި އިންނަވަނިކޮށް ފެނިވަޑައި މި ގަތީ ކީއްވެ ތޯއެވެ؟"

ޖަވާބުގައި އަބޫ އުމާމާ ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! ކަންބޮޑުވުމާއި ދަރަނިތަކެއް ޖެހިއްޖެއެވެ."

ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ:"އެ ބަސްތަކެއް ކިޔުމުން ތިބާގެ ކިބައިން ތިޔަ ބޮޑުވެގެން އުޅުއްވާ ކަންތައް ފިއްލަވައި، ތިބާއަށް ތިބާގެ ދަރަނި ދައްކަވައި ދޭނޭ ބަސްތަކެއް ތިމަންކަލޭގެފާނުން އުނގަންނަވައި ދެއްވަންތޯއެވެ! "

އަބޫ އުމާމާ ވިދާޅުވިއެވެ: " އާދޭހެވެ! އޭ ﷲގެ ރަސޫލާއެވެ!"

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ:" ކަލޭގެފާނު ހެނދުނު ކޮށްފި ނަމަ އަދި ހަވީރު ކޮށްފި ނަމަ، ވިދާޅު ވާށެވެ: 

"اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ " 

މާނައީ : "ޔާ ﷲ! ހަމަކަށަވަރުން މި އަޅާ ފިކުރު ބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މި އަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲ ގެ ހަޒްރަތުން އެދި ދަންނަވަމެވެ."

މިއަދު އޮންލައިން