ދެ މަތިންދާބޯޓާ އެކު އެއާ އެމްބިއުލާންސްގެ ހިދުމަތް ހުކުރު ދުވަހު ފަށާނެ: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދެ މަތިންދާބޯޓާ އެކު އެއާ އެމްބިއުލާންސްގެ ހިދުމަތް ހުކުރު ދުވަހު ފަށާނެ: ރައިސް

ދެ މަތިންދާބޯޓާ އެކު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ހުކުރު ދުވަހު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށާއި ސީޕްލޭން މަތިންދާބޯޓެއް ވެސް އެއާ އެބްލިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާނެ ކަމަށެވެ.

ދެ ބޯޓު އޮޕަރޭޝަނަށް އައުމާ އެކު ދިވެހި ސަރުކާރުން އަމިއްލަ އަށް މެޑިކަލް އިވެކުއޭޝަންތައް ހެދުމުގެ ގާބިލުކުން ހޯދުނީ އެވެ. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. މި ހިދުމަތް ފަށަން ތައްޔާރުވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވި އިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ވެލާނާ އެއާޕޯޓަށް ވަޑައިގެން، އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފައެވެ.

ރައީސް ވިދާޅުވީ އެއަރ އެމްބިއުލާންގައި ސްރީ ލަންކާއާއި ހަމައަށްވެސް ދަތުރުތައް ކުރެވޭނެކަމަށާއި އަދި ލަންކާއިން ތެޔޮ އަޅައިގެން އެއަށްވުރެ ދުރު ހިސާބުތަކަށްވެސް ދަތުރުކުރެވޭނެކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި ސިއްޙަތާއި ބެހޭ ވުޒާރާއިން ކޮށްފައިވާ ކަންތައްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ބޯޓުގައި އިންސްޓޯލް ކުރަންޖެހޭ އެކިއެކި އާލާތްތައް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިކަމުގައި ބޭނުންކުރާނީ 2 ބޯޓް ކަމަށެވެ. އެއީ އެއަރޕޯޓްތަކަށް ޖައްސާ މަތިންދާބޯޓަކާއި ސީޕްލޭނެއްކަމަށެވެ. ސީޕްލޭންގެ ފައިދާއަކީ އިމަރޖެންސީ ހާލަތްތަކުގައި އެއަރޕޯޓެއް ނެތް ނުވަތަ އެއަރޕޯޓަކާއި ދުރު ހިސާބުގައި ހުރި ރަށްރަށުގައިވެސް ބޭނުންކުރެވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު 2 ބަލިމީހުން އެއްފަހަރާ އުފުލޭނެކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ.

މިއަދު އޮންލައިން