ހޮޅުދޫގެ ފަޅުތެރެއިން ހިއްކެން އޮތް ސަރަޙައްދު މުޅިން ހިއްކައިދޭނަން: ރައީސް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހޮޅުދޫގެ ފަޅުތެރެއިން ހިއްކެން އޮތް ސަރަޙައްދު މުޅިން ހިއްކައިދޭނަން: ރައީސް

ހޮޅުދޫގެ ފަޅުތެރެއިން ހިއްކެން އޮތް ސަރަޙައްދު މުޅިން ހިއްކައިދޭނަން: ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ.ހޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކި ވާހަކަފުޅުގައި ރައީސް ޑރމުޢިއްޒު ވިދާޅުވީ ހޮޅުދޫ ރައްޔިތުން ބޭނުންވާ ތަރައްޤީ މި ފަސް އަހަރުގެތެރޭގައި ރަށަށް ގެނެސްދެއްވާނެކަމަށާއި އެގޮތުން ރަށަށް އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ބިމުގެ ޖާގައިގެ ދަތިކަންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް ސަރަޙައްދު މުޅިން ހިއްކައިދޭނެކަމަށެވެ.

"ރަށުގެ އިޙުތިޞާދުގައި އޮތް ހޮޅުމީދޫ ރަށުގެ ބައެއްގެ ގޮތުގައި ހިމަނާ އެތަނަށް ބޭނުންވަ ހުރިހާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރާނަން. އެތަނަށް ބޭނުންވާ ޕްލޭން ހަދާނަން. ބޯހިޔާވަހިކަން، ޔުޓިލިޓީ އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ގެންނަން." ރައީސުލްޖުމްހޫރިއއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ހޮޅުދޫ ކައުންސިލް މެންބަރުން ވަނީ ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހޮޅުދޫގެ ފެނުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ފަށާފައިހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ރަށްގިރުމުގެ މައްސަލައަށާއި އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ކަމަށާއި، ހޮޅުދޫއަކީ ތަޢުލީމީ ރަށަކަށްވާތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގޮތްޕަކާއި، ދަނާލެއް ރަށުގައި ހުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން