އިސްލާމިކް މިނިސްޓްރީގެ 27 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިސްލާމިކް މިނިސްޓްރީގެ 27 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފި

އިސްލާމިކް މިނިސްޓްރީގައި އޮތް 27 މިލިއަން ރުފިޔާގެ ދަރަނި އަދާކުރެވޭނެ މަގު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސާދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ވަޒީރުންގެ ފުރަަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަހާ" ގެ ނަމުގައި މިނިސްޓަރުންނާ ސުވާލު ކުރުމަށް ސަލްޓަން ޕާކްގައި ބޭއްވި ޕަބްލިކް ފޯރަމްގައި ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގައި އެކަނި 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކަން އޮތް ކަމަށާއި އެ ދަރަނި ފާއިތުވީ ދެމަސްތެރޭ ދައްކާ ހަލާސް ކުރެވިފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނިފައިވާ ދީނީ ދާއިރާގެ ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު ފެށިފައިވާ ކަމަށާއި ދެމަސްދުވަހުގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ ކެބިނެޓް މެންބަރުންގެ ހައިސިއްޔަތުން ރަން އަކުރުން ލިޔަންޖެހޭފަދަ ޚިދުމަތްތައްކަމަށެވެ.

މިއަދު އޮންލައިން