ޒަކާތު ހައުސް ވެބްސައިޓް ލޯންޗުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޒަކާތު ހައުސް ވެބްސައިޓް ލޯންޗުކޮށްފި

އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިހް މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް ލޯންޗުކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ވެބްސައިޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ ޒަކާތާއި ބެހޭގޮތުން ކުރެވޭ އެންމެހައި މުއާމަލާތްތައް ރައްޔިތުންނާއި ގާތަށް ގެނެސްދިނުންކަމަށެވެ. އަދި މި ވެބްސައިޓް މެދުވެރިކޮށް ޒަކާތު ފަންޑު ހިނގަމުންދާ ގޮތުގެ ތަފްސީލްތައް ރައްޔިތުންނަށް ކިޔައިދެވިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. 

މިއަދު އޮންލައިން