މަޖީދީމަގު، ރައްދެބައިމަގު ހަތަރުއަނގޮޅީގައި ހުންނަ މަސްޖިދު އަބުއްރިކާބް ޠޫސުފުލްބަރުބަރީ މިސްކިތް 2 ބުރިއަށް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އަމިއްލަ ފަރާތަކާއިއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެދަށުން މިމިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނީ އަންނަ ރަމަޟާންމަހަށްފަހުގައެވެ. އަދި ކުރިއަށް އޮތް 2 އަހަރެއްހައި ދުވަސްތެރޭގައި ޢިމާރާތުގެ މަސައްކަތް ނިންމައި ހުޅުވޭނެއެވެ.
ބަރްބަރީ މިސްކިތަކީ ވަރަށް ގިނަ ބައަކު ނަމާދަށް އަރާ މިސްކިތަކަށްވުމުން ވީހާ އަވަހަކަށް މިސްކިތުގެ މަސައްކަތް ނިމި ނަމާދުކުރެވޭނެ ގޮތެއް ހަމަޖެހުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.