ބައިވެރިޔާ ބޭވަފާތެރިވެ އެހެން މީހަކާ ގުޅުން ހިންގިކަން އެނގުމަކީ މާފުކުރިނަމަވެސް ކައިރިވާން ފަކުރު ގަންނަނަ ކަމެއް! އެޙާލަތަށް ކަންކަން ގެންދަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިޔާ ބޭވަފާތެރިވެ އެހެން މީހަކާ ގުޅުން ހިންގިކަން އެނގުމަކީ މާފުކުރިނަމަވެސް ކައިރިވާން ފަކުރު ގަންނަނަ ކަމެއް! އެޙާލަތަށް ކަންކަން ގެންދަން ހެޔޮނުވާނެ!

ޒަވާޖީ ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިވެ ޚިޔާނަތްތެރިވުމުގެ ކުށެއް ކުރެވުމުން އެކަން އޭނާ ޤަބޫލުކޮށް މާފަށް އެދިއްޖެނަމަ އެކަމުގެ އިތުރު ތަފްޞީލް ހޯދަން މަސައްކަތްނުކުރާށެވެ. ސަބަބަކީ އިތުރު ތަފްޞީލްތައް އެނގުމަކީ ހިތަށް އިތުރަށް އަސަރުކުރާނެ ކަމެކެވެ. އެއީ ބައެއް ޙާލަތްތަކުގައި ކޮށްފައިވާ ކަންކަން އެނގުމުން ހިތަށްކުރާ އަސަރުން އެކަންކަން ހިތުގައި ބިންވަޅު ނެގޭތީއެވެ. 

މިޘާލަކަށް މެސެޖެއްކޮށްލުން ކޮފީއަކަށް ގޮސްލުން ވަރަށް ފަސޭހައިން ހަނދާންނައްތައިލެވިދާނެއެވެ. ނަމަވެސް ކުރިއަށް ގޮސް ލޯބީގެ ގުޅުންތައް ހިންގައި ފާޙީޝް ޢަމަލުތައް ކޮށްފައިވާނަމަ މާފުކުރިނަމަވެސް ހިތުން ފުހެލަން ފަސޭހައެއް ނުވާނެއެވެ. އަދި ކޮށްފައިވާ ކަންކަން އެނގުމުން އެކަން އިތުރަށް ބޮޑުވެގެންދެއެވެ. 

އެކަންކަން ބޮޑުވާވަރު ނިކަން ދެކިބަލާށެވެ. ކުށަށް މާފުކުރިނަމަވެސް ދެމީހުން ގާތްވާން ފަކުރު ގަންނަ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. އެހެން އެކަން އެވަނީ އެކަކު ޠޯހިރުކަންމަތީގައި ހުއްޓައި އަނެކާއަށް ހަޑިމުޑުދާރު ޢަމަލުތައް ކުރެވޭތީއެވެ. 

މިއީ ބޭވަފާތެރިވުމުން މާފުކޮށްގެން ތިބި ގިނަ ބައަކު އެއްބަސްވާ ކަންކަމެވެ. ވީމާ ކައިވެނިކުރުމަށްފަހު ބޭވަފާތެރިނުވާށެވެ. އެހެން މީހަކާއިއެކު ފާޙިޝް ޢަމަލުތައް ނުކުރާށެވެ. ބައިވެރިޔާ އެހެން މީހަކާއިއެކު އެފަދަ ކަންކަން ކުރަން ތިމާ ނުރުހޭފަދައިން ތިމާ އެފަދަ ކަންކަން ކުރަން އޭނާވެސް ނުރުހޭނެކަން ހިތުގައި ބާއްވާށެވެ. 

ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބުމުން ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. އެހެނަސް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެކަމަށް ދޭންޖެހޭ ސަމާލުކަން ދީގެން ދުނިޔޭގައި އުޅެން މަސައްކަތްކޮސްފިނަމައެވެ. އާވާރާ ދިރިއުޅުމެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ލިބުމަކީ ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން