މަޖީދީމަގު ރަށްދެބައިމަގު ކަންމަތީގައި ހުންނަ މަސްޖިދު ޔޫފުލްބަރްބަރީ (ބަރްބަރީ މިސްކިތް) 2 ބިރިއަށް އަޅައިދޭން ޝައުޤުވެރިވާ ފަރާތަކާއިއެކު މާދަމާ އެއްބަސވުމުގައި ސޮއިކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
" އަމިއްލަ ޚަރަދުގައި މާލެގެ ބަރުބަރީ މިސްކިތް 2 ބުރިއަށް ހެދުމަށް އަމިއްލަ ފަރާތަކުންވަނީ ޝައުޤުވެރިކަން ފާޅުކޮށްފަ. އިންޝާ ﷲ މާދަނާ ސޮއިކުރާނަން. ރަމަޟާން މަސްފަހުން ޢަމަލީ މަސައްކަތް ފަށާނެ އިންޝާ ﷲ."
މިމިސްކިތަކީ މިހާރުވެސް ވަރަށް ގިނަ ގިނަ ނަމާދުތަކަށް ފުރިބާރުވާ މިސްކިތެކެވެ. ސުންނަތުގައިވާ ސޫރަތްތައް ކިޔަވައިގެން ހުކުރުވިލޭރޭގެ ފަތިސްނަމާދުކުރާތީ ފަތިސްނަމާދަށްވެސް ގިނަބައަކު އެމިސްކިތަށްދެއެވެ. އިން ޝާ ﷲ
އަމިއްލަ ޚަރަދުގައި މާލެގެ ބަރުބަރީ މިސްކިތް 2 ބުރިއަށް ހެދުމަށް އަމިއްލަ ފަރާތަކުންވަނީ ޝައުޤުވެރިކަން ފާޅުކޮށްފަ. އިންޝާ ﷲ މާދަމާ ސޮއިކުރާނަން. ރަމަޟާން މަސްފަހުން ޢަމަލީ މަސައްކަތް ފަށާނެ އިންޝާ ﷲ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 24, 2024