މާލެ ސަރަހައްދުގައި 3 މިސްކިތް ބިނާކުރަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 56ސ
މާލެ ސަރަހައްދުގައި 3 މިސްކިތް ބިނާކުރަނީ!

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށް 3 ފަރާތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިސްކިތް ބީނާކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު، ސޮއިކޮށްފައިވާވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާއި، އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. މީގެ ތެރެއިން އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސްއިން މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައިވަނީ ޒިކުރާ މިސްކިތް 3 ބުރިއަށް ބިނާކުރުމުގެ މަސައްކަތެވެ. ޒިކުރާ މިސްކިތް މިވަގުތު ހުރީ ވަގުތީ މިސްކިތެއްގެ ގޮތުގައެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ "އަޅުގަނޑުގެ އިލްތިމާސަކީ ތަނަވަސްކަމުގެ އަހުލުވެރީން މިސްކިތްތައް މަރާމާތުކުރުމުގައިވެސް އެހީތެރިކަން ދެއްވާށޭ. އެއީ ﷲއަށްޓަކައި ކުރެވިދާނެ ވަރަށް ހެޔޮ ކަމެއް." ކަމަށެވެ.

 

މިއަދު އޮންލައިން