ޤާނޫނު ނަންބަރ 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް ދެވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ (ޑެޕިއުޓީ ވައިސް ޗާންސެލަރުން) ގެ (ހ) ގެ ދަށުން ޔުނިވަރސިޓީ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް ތިރީގައި ބަޔާންކުރެވިފައިވާ ބޭފުޅުން 3 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން 04 އަހަރުގެ މުއްދަތަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީހުން ޢައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަންކުރައްވާފައިވަނީ 1 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ 1 (އެކެއް) ވަނަ މަޖިލިސް ބައްދަލުވުމުގައެވެ.
· ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް): ޑރ. ޢާއިޝަތު ވަޙީދާ / މާފަހި، ޅ. ކުރެންދޫ (ދ.ރ.އ ކާޑު ނަންބަރ (A121420
· ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓޭޝަން އެންޑް ފައިނޭންސް): އަޙްމަދު އަމީން މުޙައްމަދު / ރިހިދޯދި، ގދ.ފިޔޯރީ (ދ.ރ.އ ކާޑު ނަންބަރ (A148382
· ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާޗް އެންޑް އިނޮވޭޝަން): ޑރ. ވިސާލު މޫސާ / އަންނާރުގަސްދޮށުގެ، ކ.ކާށިދޫ (ދ.ރ.އ ކާޑު ނަންބަރ (A075748
މި ބޭފުޅުންނަކީ، ޢާންމުކޮށް އެންމެ ބޭފުޅުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިގެން ޔުނިވަރސިޓީން ކުރި ޢިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކުރުމަށްފަހު ޔުނިވަރސިޓީގެ މަޖިލީހުން ޢައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.
- ޑެޕިއުޓީ ވައިސް ޗާންސެލަރ - އެކަޑެމިކް ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ ޑރ. ޢާއިޝަތު ވަހީދާ (މާފަހި، ޅ.ކުރެންދޫ) އަކީ، 2019 ވަނަ އަހަރު ބުރުނާއީގެ ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމްއިން ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިއުކޭޝަން އަދި 2014 ވަނަ އަހަރު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓަރސް އޮފް އެޑިއުކޭޝަން (ހަޔަރ އެޑިއުކޭޝަން) ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އެންމެ ފަހުން ވަޒީފާ އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަން އެންޑް އިވޭލުއޭޝަންގެ މަޤާމެވެ.
- ޑެޕިއުޓީ ވައިސް ޗާންސެލަރ - އެޑްމިނިސްޓޭޝަން އެންޑް ފައިނޭންސް ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ އަލްފާޟިލް އަޙްމަދު އަމީން މުޙައްމަދު (ރިހިދޯދި، ގދ. ފިޔޯރީ) އަކީ، 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ބިޒްނަސް (މެނޭޖްމަންޓް އެންޑް މަރކެޓިންގ) އަދި 2017 ވަނަ އަހަރު ޗެކްރިޕަބްލިކްގެ މަސަރިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. މި ވަގުތު ވަޒީފާ އަދާކުރަމުންގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ، ހެޑް އޮފް ޕްރޮކިއުމަންޓް އަދި އެސެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގައެވެ.
- ޑެޕިއުޓީ ވައިސް ޗާންސެލަރ - ރިސާޗް އެންޑް އިނޮވޭޝަން ގެ މަޤާމަށް ޢައްޔަންކުރެވިފައިވާ ޑރ. ވިސާލު މޫސާ (އަންނާރުގަސްދޮށުގެ، ކ. ކާށިދޫ) އަކީ، 2020 ވަނަ އަހަރު ބުރުނާއީގެ ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމްއިން ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިއުކޭޝަން އަދި 2011 ވަނަ އަހަރު މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ފަރާތެކެވެ. އެންމެ ފަހުން ވަޒީފާ އަދާކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓަންޓް ޕްރޮފެސަރ މަޤާމުގައެވެ.