ސޯޝަލް ހައުސިންގެ ޖޫރިމަނާތައް ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާފުކޮށްދީފީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 59ސ
ސޯޝަލް ހައުސިންގެ ޖޫރިމަނާތައް ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާފުކޮށްދީފީ

ސޯޝަލް ހައުސިންގެ ޖޫރިމަނާތައް ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާފުކޮށްދީފީއެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއަތުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކުމުން 31 ޑިސެމްބަރު 2023ގެ ނިޔަލަށް ކޮށްފައިވާ ހުރިހާ ޖޫރިމަނާތައް މާފުކޮށްދީފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން، އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖޫރިމަނާތައް މާފުކޮށްދިނުމަށް ފަހު، ފްލެޓްތަކަށް ނުދެއްކި ބާކީ ހުރި ފައިސާތައް ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކޮށްގެން ހަމަޖައްސައިދޭ އުސޫލެއް ކަމަށްވެސް އާބަންކޯއިންވަނީ ބުނެފައެވެ. މިއުސޫލުގައި ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ކަނޑައަޅާފައި ވެއެވެ.

މި އުސޫލާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށް ނުވަތަ ދައްކަންޖެހި، ނުދެއްކިވާ ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ މީހުންނަށް 10 ޖެނުއަރީ 2024ގެ ކުރިން އެ ފުރުސަތަށް އެދި ހުށަހަޅަން ހުޅުވާލާފައިވެއެވެ. 

މިއަދު އޮންލައިން