ރައީސް ޑރ މުއިއްޒު އައްޔަނުކުރެއްވި ބާވީސް ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރައީސް ޑރ މުއިއްޒު އައްޔަނުކުރެއްވި ބާވީސް ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރައްވާފައިވާ ކެބިނެޓް ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް، ކޮމިޓީން ފާސް ކޮށްފި އެވެ.

ރައީސް ޑރ. މުއިއްޒު އައްޔަނު ކުރައްވާފައިވާ ބާވީސް ވަޒީރުންނަށް ރުހުން ދޭން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އިންނެވެ.

މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެނެއްކަމަކު މިއަދު ވަނީ ކޮމިޓީއެއް ބާއްވާފައެވެ. އަދި އެ ކޮމިޓީގައި ވަޒީރުންނަށް ރުހުން އޮތްތޯ ޖުމްލަކޮށް ވަނީ ވޯޓަށް އަހާފައެވެ. މިގޮތަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ރިޔާޒުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ އަހުމަދު ރަޝީދެވެ.

ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ހާޒިރުވެ ވަޑައިގެންނެވި ދިހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމިޓީގެ މުޣައްރިރު އިއުލާންކުރެއްވީ ފަސް މެންބަރުންގެ އަޣްލަބިއްޔަތުން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވެފައިވާ ކަމަށެވެ.

އެ ހުށައެޅުމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ. އެމްޑީޕީން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ

މިއަދު އޮންލައިން