އަންނަމަހު ޒަކާތު ހައުސް އިފްތިތާހްކޮށް މަސައްކަތްތައް ފަށަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަންނަމަހު ޒަކާތު ހައުސް އިފްތިތާހްކޮށް މަސައްކަތްތައް ފަށަނީ!

ކުރިއަށް މި އޮތް ޖަނަވަރީ މަހު، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކުރުން ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންނަ މަހުގައި އިސްލާމިކް މިނިސްޓްރީން ކުރަން ރާވައިފައިވާ މުހިންމު ކަންކަން ހިއްސާ ކުރައްވާފައިވަނީ ސޯޝަލްމީޑިއާގައެވެ.

އެ ކަންކަމުގެ ތެރޭގައި:

ޖެނުއަރީ 02: ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހު ކުރުން.

ޖެނުއަރީ 03: އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާހު ކުރުން.

ޖެނުއަރީ 04: އަތޮޅު ވަގުފު މަޝްރޫއު އިއުލާނުކުރުން.

ޖެނުއަރީ 05: ސައޫދީ އަރަބިއްޔާގައި ހައްޖާއި އުމްރާގެ ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން.

ޖެނުއަރީ 21: މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އެކްޓިވިޓީ ޕްލޭން އިފުތިތާހުކުރުން.

ޖެނުއަރީ 22: ރަމަޟާން މަހުގެ އިހުޔާ ޕްރޮގްރާމުތައް ގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުން.

ޖެނުއަރީ 23: ރާއްޖެއިން ހައްޖު މީޑިއާ ކަވަރޭޖް ރާއްޖެއާއި ސައޫދީގައި ކުރިއަށްގެންދާނެ ގޮތް މީޑިއާތަކާ ހިއްސާކުރުން.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުުފެއްދެވި މި އިދާރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އުފައްދަވަން ނިންމަވާފައިވާ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުންވެސް އޭހެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް އިސްލާމިކް މިނިސްޓަރީގެ ޒަކާތުހައުސް މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ

މިއަދު އޮންލައިން