100 އެނދުގެ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިކަމަާގުޅިގެން ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ ހޮސްޕިޓަލެއްގެ ގޮތުގައިކަން ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައި ވެސް ބުނެފައިވަނީ މި ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް މި ފެށޭ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފި. މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ. pic.twitter.com/hixb2oqRUh
— Ministry of Health (@MoHmv) December 27, 2023