ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ 1000 ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހައްޖަށް ގެންގޮސްދޭ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.
1،000 ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޑރ. މުހައްމަދު ޝަހީމް އަހުމަދެވެ.
މި އެއްބަސްވުމާ އެކު ރައްޔިތުނަށް އެތައް ފަސޭހަތަކެއް ލިބި ހައްޖަށް ދިއުމަށް ހޭދަކުރަން ޖެހޭ އަގު ކުޑަވާނެ ކަމަށެވެ. އެ މަސައްްކަތް މިހާރު ވެސް ފެށިފައި ވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހައްޖަށްދާ މީހުންގެ އަތުން ހޭދަވާ އަގު ކުޑަކުރުމުގެ އިތުރުން، ވެރިކަމުގެ ދައުރުގެ ތެރޭގައި 1000 ފަގީރުން، ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވުމަކީ ވެސް ރައީސްގެ ވައުދެކެވެ.