ރާއްޖެ ދެން ކުރިއަށްދާނީ މުޢިއްޒު ދުވެލީގަ!": ޚަލީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެ ދެން ކުރިއަށްދާނީ މުޢިއްޒު ދުވެލީގަ!": ޚަލީލް

ރާއްޖެ ކުރިއަރައި ތައްޤީވާން ކުރާ ދަތުރުގައި ދެން (17 ނޮވެމްބަރުން ފެށިގެން) ކުރިއަށް ދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުވެލީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޚަލީލް މިއަދު ވިދާޅުވީ އަބަދުވެސް އެއް ވާހަކަތަކެއް އަޑޫއަހަމުން ދާން ޖެހިފައި ކަންކްނަ ނުކުރެވި ހުންނަތަން އަބަދުވެސް ފެންނާތީ ރާއްޖޭގެ ނޫސްވެރިންވެސް ރައްޔިތުންވެސް އަދި އެންމެންވެސް މިތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. 

އެހެން ނަމަވެސް މިސަރުކާރުގައި އެކަން ތަފާތުވާނެ ކަމަށާއި ޑރ. މުޢިއްޒު މުޅިން ތަފާތުވާނެ ކަމަށެވެ. 

ޚަލީލްގެ ވާހަކަފުޅުގައި ޔަޤީންކަން ދެއްވީ މިސަރުކާރަކީ ވާހަކަދައްކަން އަތް އުރާލައޮގެން އޮންނާނެ ސަރުކާރެއް ނޫންކަމާއި ލަނޑުދަނބޑީތައް ޙާޞީލްކޮށް ނަތީޖާ ނެރެން މަސައްކަތްކުރާނެ ސަރުކާރެއް ކަމެވެ. 

އެހެންކަމުން މިސްރުކާރަކީ އާމްދަނީ އިތުރުކުރަން މަސައްކަތްނުކޮށް އަވަށްޓެރި ޤައުމުތަކަށް ވިކި އަޅުވެތިވެގެން އަރާމު ތަންމަތީގައި ނިދަން އޮންނާނެ ސަރުކާރަކަށް ނުވާނެ ކަމަށް ރައްޔިތުން ކުރާ އުންމީދުތަކަށް ޚަލީލްގެ ވާހަކަފުޅުން ވަނީ އުޖާލާކަމެއް ލިބިފައިކަން ފާހަގަކުރެވެއެވެ.

 

 

މިއަދު އޮންލައިން