18.9 މިލިއަން ރުފިޔާގެ މަޝްރޫއާއެކު މާލެ އުތުރު ފަރާތު ބަނދަރަށް ބޮޑު ބަދަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
18.9 މިލިއަން ރުފިޔާގެ މަޝްރޫއާއެކު މާލެ އުތުރު ފަރާތު ބަނދަރަށް ބޮޑު ބަދަލެއް!

މާލޭގެ އުތުރު ފަރާތު ބަނދަރު ބޭނުންކުރާ ދަތުރުވެރިންނާއި އާންމު ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، ބަނދަރުގެ ޚިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން ފިންގަރ ޖެޓީތަކެއް ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ދެ ސައިޒެއްގެ ޖެޓީތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 މީޓަރުގެ ދިގު އަދި 6 މީޓަރުގެ ފުޅާމިން ހުންނަ 3 ފިންގަރ ޖެޓީގެ އިތުރުން، 15 މީޓަރުގެ ދިގު އަދި 6 މީޓަރުގެ ފުޅާމިން ހުންނަ 3 ފިންގަރ ޖެޓީއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއު ނިމި ޚިދުމަތް ދޭން ފެށުމުން، މާލޭ އުތުރު ފަރާތު ބަނދަރުގައި އުޅަނދުފަހަރު ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް، ބޭރު ބަރީގައި އަޅާފައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެހެން އުޅަނދުތަކުގެ މަތިން ހިނގާފައި ދާންޖެހުމުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވާ ނުރައްކާތަކާއި ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫއާއެކު ބަނދަރުގެ އިންތިޒާމުތައް ހަރުދަނާވެ، އުޅަނދުފަހަރަށް ކައިރިކުރުމާއި ފަސިންޖަރުން އަރައިފޭބުމުގެ ކަންކަން ކުރިއަށްވުރެ ރައްކާތެރި އަދި އަވަސް ވެގެންދާނެއެވެ.

މިއަދު އޮންލައިން