އިޞްލާޙްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ރައްޔިތުންގެ ސުވާލުތަކަށް ވެރިންގެ ޖަވާބު ލިބުން ބޭނުންވޭ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިޞްލާޙްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ރައްޔިތުންގެ ސުވާލުތަކަށް ވެރިންގެ ޖަވާބު ލިބުން ބޭނުންވޭ!

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވެވުމަށްފަހު ޤައުމާއި މުޚާޠަބްކުރައްވަވައި ދެއްކެވި ފުރަތަމަ ވާހަކަފުޅުގައިވެސް ވަނީ ކޮރަޕްޝަން ނެތިކޮށްލައްވަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަވައިފައެވެ. 

އެކަން ކުރެއްވެވޭނީ ވެރިން ރައްޔިތުންނަށް ޖަވާބުދާރީވެގެންނެވެ. މީޑިއާތަކަށް ބޭނުންވާ މަޢުލުމާތު ފޯރުކޮށްދީގެންނެވެ. މައްސަލަތައް ބަލަންހުރި މުއްއައްސަސާތަކަށް އެއްބާރުލުން ދީގެންނެވެ. 

ކިތަންމެ މަތީ ވެރިއެއް ނަމަވެސް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެކަން މުސްލިމުންގެ 2 ވަނަ ޚަލީފާ، ޢުމަރުގެފާނުވަނީ އުންމަތަށް ދައްކަވައިދެއްވައިފައެވެ. 

މުސްލިމުންގެ 2 ވަނަ ޚަލީފާ، ޢުމަރުގެފާނު ޚުޠުބާ ވިދާޅުވާން މިންބަރަށް އަރައިވަޑައިގަތްވަގުތު ރައޔިތުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވާފައި ނޫނީ ޚުޠުބާ ވިދާޅުނުވިކަން އެނގެން އެބައޮތެވެ. އެއީ ހުރިހާ ރައްޔިތުންނަށް ހަމައަށް ބެހި ފޮތި ގަނޑަކަށްވުރެ ބޮޑު ފޮތިގަނޑަކުން އެކަލޭގެފާނު ހެދުންކޮޅު ތުރުކުރައްވައިގެން ހުންނެވުމުންނެވެ. މައްސަލަ ޙައްލުވީ ދަރިކަލުން ޢަބްދުﷲގެފާނު، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ފޮތގަނޑުވެސް ބައްޕާފުޅަށް ދެއްވެވިކަމަށް ވިދާޅުވުމުންނެވެ. 

މިއީ ވެރިން ޖަވާބުދާރީވާންޖެހޭކަން އަންގައިދޭ ފުރިހަމަ މިސާލެކެވެ. މިވާހަކަ ތަންކޮޅެއް ޚުޠުބާތަކުގައި ޜރާއްޖޭގައިވެސް ކިޔައި އުޅުނެވެ. ނަމަވެސް ވެރިންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބޮޑުވެ ރައްޔިތުންނަށް ފިއްލަވަން ފެށްޓެވި ހިސާބުން ވަނީ ކިޔުން ހުއްޓާލައިފައެވެ. 

ދުޢާ އަކީ މިފަދަ ކަންކަމަށް ހެޔޮ ބަދަލެއް އައުމެވެ. އާމީން

 

މިއަދު އޮންލައިން