އިޒްރޭލުން ބޭނުންވަނީ ހަމާސް އާއި ހިޒްބުﷲ ނައްތާލަން ކަމަށްވާނަމަ އެކަން ކުރަންވީއެވެ. ބޭނުންވަނީ އިޒްރޭލް ޙިމާޔަތްކުރަން ކަމަށްވާނަމަ ބޯޑަރުގައި ބޮޑުފާރެއްލައި ޙިމާޔަތް ލިބިގަންނަންވީއެވެ. ނަމަވެސް އިޒްރޭލުގެ ޢަމަލުތަކުން މިފެންނަނީ މުޅިން ތަފާތު ކަންކަމެވެ.
ޙާޞިލްކުރަން ބޭނުންވާކަމަށް ބުނާ ކަންކަން ޙާޞިލުކުރަން އުޅުމުގެ ބަދަލުގައި މުޅި ދުނިޔެއަށް ދައްކަމުން އެގެންދަނީ އެމީހުންގެ ނުބައި ނުލަފާކަމާއި ޖައްބާރުކަމެވެ. ކުޑަކުދިންނަށާއި އަނހެނުންނަށް ބެލުމެއް ނެތި މީސްތަކުން ޝަހީދުކުރަމުން ގެންދަނީ ކޮންމެހެން ހަމާސް ބަލިކުރަން ނޫންކަން މިއަދު މިވަނީ ޔަޤީންކުރެވިފައެވެ. ހަމާސްގެ ފައިތިލަ ދުވަހަކު ނުވެސް ޖެހޭ ސަރަޙައްދުތަކަށް ބޮންއަޅާކަން އެއީ މިކަމުގެ އެންމެ ބޮޑު ދަލީލެވެ.
އިޒްރޭލުން ފާރެއް ރާނައި ޙިމާޔަތް ލިބިގަންނަން މަސައްކަތްނުކުރެވެނީ އެކަން ނުކުރެވިގެނެއް ނޫނެވެ. މުޅި ސަރަޙައްދަށް ވެރިވެ ގަތުމުގެ އެދުން ބޮޑުކަމުންނެވެ. އިޒްރޭލަށް ފަލަސްޠީނުގެ ހުރިހާ ބިންތަކަކަށްވެރިވެގަނެވުނަސް އެމީހުންގެ ހިތެއް ނުފުރޭނެއެވެ. ޖެހިގެން އިންވެގެން ހުރި ޤައުމުތަކުގެ ބިންވެސް ބޭނުންވާނެއެވެ.
މިކަންކަމަކީ ހަމައެކަނި ޤުރްއާނުން އެނގެން އޮތް ކަންކަމެއް ނޫނެވެ. އެމީހުންގެ ފޮތްތަކުންވެސް އެނގެންހުރި ކަންކަމެވެ. ވީމާ އިސްލާމް ދީނާއި އަޅުވައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ވާހަކަދައްކަންވީ ޔަހޫދީންގެ ހިތް ދުވަހަކުވެސް ނުފުރޭނެ މައްސަލައިގައެވެ.
އިޒްރޭލަށް މިއަދު މަދީ ކޮންކަމެއް ހެއްޔެވެ؟ 10 މިލިއަން ހަމަނުވާ އާބާދީއަކަށް މިހާރުވެސް ވެރިވެގަނެފައިވާ ބިން ކުޑައީހެއްޔެވެ؟ ނިޞްބަތުން އެއީ ބޮޑު ބިމެކެވެ. ހިތް ނުފުރެނީއެވެ.
އެއްވެސް ބައަކަށް ނުދެއްވަވާހައި ގިނަގުނަ ނިޢުމަތްތައް ﷲ ތަޢާލާ އެމީހުންނަށް ނުދެއްވަވަނީހެއްޔެވެ؟ އުޑުން ކާނެތަކެތި ބާވައި ނުލައްވަވަނީހެއްޔެވެ؟ ރޭގަނޑުގެ އަނދިރިކަން ފިލުއްވަވައި ނުދެއްވަވަނީ ހެއްޔެވެ؟ ފޭރާން ބައުނުވާނެ ގޮތް ހައްދަވައި ނުދެއްވަވާހެއްޔެވެ؟ މިފަދަ އެތައް ބައިވަރު ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވި ހެއްޔެވެ؟
ވީއިރު މިއަދު އެމީހުންގެ ހިތްތައް ފުރޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ! މެދުއިރުމަތީގެ މައްސަލައަށް ޙައްލެއް ހޯދޭނީ މިކަންކަން ދުނިޔެއަށް ވިސްނިގެންނެވެ. ވިސްނުނު ދުވަހަކުންނެވެ.