ޙައްޖުވެރިންނަށް މަރުޙަބާ!

ކިޔުމަށް ހޭދަވާނީ 1މ 40ސ
ޙައްޖުވެރިންނަށް މަރުޙަބާ!

- ޝައިޚް މުޙައްމަދު ލަޠީފް -

 

ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން 1444ހ މައްކާ ޤަޞްދުކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންނަ ރަޙުމާން ވަންތަ ރަސްކަލާނގެ މެހެމާނުންގެ ޚިދުމަތުގައިވަނީ އެންމެ ބޮޑު މީޤާތުކަމުގައިވާ قَرْنُ الْمَنَازِلِ (ޤަރުނުލް މަނާޒިލި) އެންމެ ފުރިހަމައަށް ތައްޔާރު ކުރައްވާފައެވެ. އެގޮތުން އެތަން ބެލެހެއްޓުމަށްޓަކައި ކަމާގުޅޭ ފަންނުވެރިންނާއި އެތަން ބަލަހައްޓައި މަރާމާތުކުރުމަށް މުވައްޒަފުން ލައްވާފައެވެ. އަދި ޙައްޖުވެރިންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށްޓަކައި އެތަނަށްވަނީ 24 ގަޑީއިރުގެ ޚިދުމަމަތް ދީފައެވެ.  

ދީނީ ގޮތުން ޙައްޖާޖީންނާ ކުރިމަތިވާ މައްސަލަތައް ސާފުކޮށްދިނުމަށާއި، ނަމާދުތަކަށް ފަހު ނަޞޭހަތާއި ވަޢުޟު އިރުޝާދު ދިނުމަށްޓަކައިވަނީ އެތައް ބަޔަކު ލައްވާފައެވެ. އަދި ޙައްޖުގެ އަޅުކަމާއި، އަދި އެނޫންވެސް ގޮތްގޮތުން ހޭލުންތެރިކުރުވުމަށްޓަކައި 40 ބަހަށްވުރެ ގިނަ ބަހުން ލިޔެފައިވާ ފޮތްތައް އެމީހުންނަށް ދިނުމަށްޓަކައި ތައްޔާރު ކުރެވިފައިވެއެވެ. އަދި ޙައްޖުވެރިންނަށް ޚިދްމަތްދޭ ހިލޭ ސާބަހަށް މަސައްކަތްކުރާ އަންހެނުންނާއި، ފިރިހެނުންގެ  ތެރެއިން އެތަކެއް ސަތޭކަބަޔަކު ލައްވާފައިވެއެވެ. އޭގެ އިތުރުން އެމީހުންނަށް ބޭނުންވާ ކާއެއްޗެއްސާއި ބޯއެއްޗެތިވެސް ހިލޭ ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާފައިވެއެވެ. قَرْنُ الْمَنَازِلِ  މީޤާތަކީ، ނަޖިދު ކަރައިގެ މީހުންނާއި، އެދިމާއިން ޙައްޖަށާއި ޢުމްރާއަށް އަންނަ މީހުންގެ މީޤާތުކަމުގައި ކީރިތި ރަސޫލާ ކަނޑައަޅުއްވާފައިވާ މީޤާތެކެވެ. އަދި އެއީ މައްކާއާ އެންމެ ކައިރި މީޤާތުވެސްމެއެވެ. މިމަތިވެރި ޚިދުމަތްތަކަށްޓަކައި ﷲ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި މިނިސްޓްރީގެ ވެރިންނަށް ހެޔޮ ޖަޒާ ދެއްވާށި! އާމީން.

 

މިއަދު އޮންލައިން