ފުލެޓްތައް ދޫކޮށްފައި ވަނީ ސިޔާސީ ކޮމިޓީއަކުން ކަމަށް އަސްލަމް ވިދާޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ފުލެޓްތައް ދޫކޮށްފައި ވަނީ ސިޔާސީ ކޮމިޓީއަކުން ކަމަށް އަސްލަމް ވިދާޅުވެއްޖެ!

ނިމިގެންދިޔަ ވެރިކަމުގެ ފަހު ދުވަސްކޮޅު، ބެހި ފުލެޓްތައް ދޫކޮށްފައި ވަނީ މުޅިން ސިޔާސީ ބޭފުޅުން ހިމެނޭ ކޮމިޓީއަކުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.


އަސްލަމް މިހެން ވިދާޅުވީ، އިންތިގާލީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.

އަސްލަމް ވިދާޅުވީ ފުލެޓް ދިނުމުގެ ކަންކަމުގައި ފޯމް ބަލައިގަތުމާއި މާކްސް ދިނުމަށް ހަރަކާތްތެރިވެފައި ވަނީ ކޮންޓްރެކްޓް ސްޓާފުން ކަމަށާއި،  ނަތީޖާ ފައިނަލް ކޮށްފައި ވަނީ މުޅިން ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޓީއަކުން ކަމަށެވެ. 


މީގެ އިތުރުން، "ސިވިލް ސާވެންޓުންނަށް ނޭނގޭ ބައިވަރު ކަންކަން ފުލެޓްތައް ދިނުމުގެ ތެރޭގައި ހިގާފައި އެބަހުރި. އެހެންކަމުން އެހާ ބޮޑަށް އެކަންކަން ސާފުވާ ގޮތް ވަނީ ނުވެފައި ރައީސް އިބޫގެ ފަރާތުން ހައުސިން މިނިސްޓްރީ އެވަލުއޭޓް ކުރެއްވުމަށްފަހު'' ކަމަށް އަސްލަމް ވިދާޅުވިއެވެ

ރައީސް ޔަމީންގެ ސަރުކާރުން ދައުރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ 11000 ފްލެޓްބަހާ، ލިޔުންތައް ވެސް ލިސްޓުގައި ހިމެނި ފަރާތްތަކަށް ހަވާލުކޮށްފައެވެ.

 

މިއަދު އޮންލައިން