ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2023 ވަނަ އަހަރުގެ ދެވަނަސެމިސްޓަރއަށް ޖުމްލަ 60 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 19 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.
2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކޯސްތައް ކުރިއަށްދާނެއިރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރ ތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 (ސަތޭކަ އިންސަތަ) ޓިއުޝަންފީ ހިލޭ ކޯސްތަކެކެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބުނެފައިވަނީ "މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން، މި ޔުނިވަރސިޓީން ލ.ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށް ދަންނަވަމެވެ."
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ. ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ ސްކޫލް) އިން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން www.ium.edu.mv ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު:
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ. ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
- އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު (ކުރީގެ ނޫރާނީ ޕްރީ ސްކޫލް)
- އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
- އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.