މަރުވުމާ ޙަޤީޤީ މަރުވުމާ ދެމެދުގައި ހިނދުކޮޅެއްވާކަމާއި އެހިނދުކޮޅު ކުޑަ ވަޤުތުކޮޅަކަށް ލަސްކޮށްލެވިދާނެކަން ދިރާސާތަކުން އެނގުން- ވިސްނާލުން މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މަރުވުމާ ޙަޤީޤީ މަރުވުމާ ދެމެދުގައި ހިނދުކޮޅެއްވާކަމާއި އެހިނދުކޮޅު ކުޑަ ވަޤުތުކޮޅަކަށް ލަސްކޮށްލެވިދާނެކަން ދިރާސާތަކުން އެނގުން- ވިސްނާލުން މުހިންމު ފިލާވަޅެއް!

އިންސާނުންގެ މަރާއިބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ތެރެއިން ހޯދިފައިވާ އެންމެ ފަހުގެ ހޯދުންތަކަށްބަލާއިރު މަރުގައި ދެ މަރުޙަލާއެއްވެއެވެ. ފުރަމަ މަރުޙަލާގައި ހިތް ޕަމްޕްކުރުން ހުއްޓި ނޭވާ ނުލެވެނީއެވެ. ސިކުނޑީގެ ސެލްތައް މަރުވާންފަށަނީ ނުވަތަ ސެލްތަކުން މަސައްކަތްކުރުން ހުއްޓެނީ އެއިގެ އިރުތަކެއް ފަހުންނެވެ. އެހެންކަމުން މިހާރު އެމީހުން ބުނަނީ ހިތް ހުއްޓުނު ކަމުގައިވީނަމަވެސް އޭނާގެ އަޞްލު މަރުވުން ތަންކޮޅެއް ލަސްކުރެވިދާނެ ގޮތްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އިތުރު އޮކްސިޖަން ދީގެން ހިނދުކޮޅަކަށް ލަސްކޮށްލެވިދާނެ ކަމަށް އެބަ ބުނެއެވެ. 

މިފަދަ ހޯދުންތަކުންވެސް އިތުރަށް ޔަޤީންވަމުން މިދަނީ ހަމަ އިސްލާމްދީނުގައި މަރާއިބެހޭ ގޮތުން އައިސްފައިކަންކަމަކީ ތެދު ޙަޤީޤަތް ކަމެވެ. މިޘާލަކަށް ޑޮކްޓަރުން އެބުނާ ޙަޤީޤީ ނުވަތަ އަޞްލު މަރުވުން ލަސްކޮށްލެވުނު ނަމަވެސް އެކަން ކުރެވެނީ މާގިނައިރަކަށް ނޫނެވެ. ކުޑަކުޑަ ހިނދުކޮޅަކަށެވެ. އަދި އެކަމުން އެމީހަކަށް ކުރާނެ ފައިދާއެއްވެސް ނެތެވެ. އެމީހަކަށް އަނބުރައި ދުނިޔެއަކަށްވެސް ނައުދެވެއެވެ. 

އަހުރެން ހިތަށް އަރައެވެ. އެމީހުން އެބުނާ ފުރަތަމަ މަރުޙަލާ އާއި ހިނދުކޮޅެއްގެފަހުން ޙަޤީޤީ މަރުވުމާއި ދެމެދުގައި ހިނގާ ވަޤުތުކޮޅަކީ އެމީހަކާއި ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަރުގެމަލާއިކަތުންނާއި ދެމެދުގައި ކުރެވޭނެ މުޢާމަލާތުތަކެއް އެބައޮތް ކަމަށް ޙަދީޘްފުޅުތަކުން އެނގެންހުރިކަންކަން ހިނގާ ވަޤުތުކޮޅު ނޫންބާވައެވެ! 

ކޮންމެއަކަސް މަރުވުމުގެ މަރުޙަލާގައި ހިނގާ ކަންކަން ބައިތަކަކަށް ބަހައިލެވުނަސް ޔަޤީންވާ ކަމަކީ މަރުގެ މަލާއިކަތާ އެމީހެއްގެ ފުރާނަ ހިއްޕަވައިފި މީހަކަށް އަލުން ދިރުން ނުދެވޭނެ ކަމެވެ. ދެވަނަ ފުރުޞަތެއް އެއްވެސް މީހަކަށް ނެތްކަމެވެ. މުސްލިމުންނަށް އޮތީ މިފަދަ ކަންކަމަށް ވިސްނައި ބިރުވެތިވެ ފުރިހަމަ ގޮތުގައި މަރަށް ތައްޔާރުވުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްގެ ގޮތުގައި މަރުވާން މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން