އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަމީނީ މަގުގެ ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ތާރު އަޅައި ނިމުމުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެމްޓީސީސީން އިތުރަށް ފާހަގަކުރި ގޮތުގައި، ފެންވަރު ރަނގަޅު މަގުތަކެއް ތަރައްޤީ ކުރެވިގެން ދިއުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.