ނިދީން ހޭލެވުމާއިއެކު ކިޔަން އަވަސްވެގަންނަން އޮތް ދިކުރު: ޝައިޚް އާޞިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 3މ 24ސ
ނިދީން ހޭލެވުމާއިއެކު ކިޔަން އަވަސްވެގަންނަން އޮތް ދިކުރު: ޝައިޚް އާޞިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

އަހަރެމެން ހޭލާއިރު އެއްޗެއް ކިޔަންޖެހޭ ހެއްޔެވެ؟ އާނއެކެވެ! ނިދާފައި އޮންނައިރު މީހާ އޮންނަނީ ޣާފިލުވެފައެވެ (އިޙްސާސެއް ނެތިއެވެ). އެވަގުތު ތިބާގެ މައްޗަށް އެއްވެސް ކަމެއް ނުލިޔެވޭނެއެވެ. ނަމަވެސް ހޭލެވުމާއެކު، އެއީ ހަމައެކަނި މޫނު ދޮވެލައި، ހަމައަކަށް އެޅެންދެން މަޑުކުރުމެއް ނޫނެވެ. ހޭލެވޭ ހިނދުން ހިނދަށް، ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމަށް ކިޔަންޖެހޭ ދުޢާތަކަކާއި ދިކުރުތަކެއްވެއެވެ. 

އެގޮތުން އެންމެ ފުރަތަމަ ދިކުރަކީ:

الحَمدُ للَّهِ الذي أحيانا بَعدَ ما أماتَنا، وإليه النُّشورُ

(އަހަރެމެން މަރުގެންނެވުމަށްފަހު، އަލުން ދިރުއްވި ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އަދި އެނބުރިދިޔުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.) 

އެތައް ބަޔަކު ނިދީގައި ދާއިމީކޮށް މަރުވެގެންދެއެވެ. އެހެންކަމުން، ތިބާ ހޭލުމަށްފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ ތިބާގެ ފުރާނަ އަލުން އަނބުރާ ދެއްވި ކަމަށްޓަކައި ﷲ عز وجل އަށް ޙަމްދާއި ޝުކުރު ކުރުމެވެ. ސަބަބަކީ ތިބާ ނިދާފައި އޮންނައިރު، ތިބާގެ ފުރާނަ ވަނީ ހަށިގަނޑާ ވަކިވެފައެވެ. ވަށައިގެން ހިނގަމުންދާ ކަންކަމުގެ އިޙްސާސެއް އެއަކަށް ނުކުރެވެއެވެ. މިއީ، ތިބާއަށް ހުވަފެނުގައި ސުވަރުގޭގައި ނުވަތަ ރީތި ބަގީޗާއެއްގައި އުޅޭތަން ފެންނައިރު، ތިބާގެ ކައިރީގައި ނިދާފައި އޮންނަ މީހާއަށް ބިރުވެރި ހުވަފެނެއް ފެނި، ކިނބުލާއި، ސިންހައާއި، ނަގޫލަންދާ އަދި ހަރުފަތަކެއް ފަހަތުން އަންނާތީ ބިރުން އުޅެންޖެހޭ ސަބަބެވެ. ދެމީހުންވެސް އެއްވަގުތެއްގައި ހޭލައެވެ. ތިބާ ހުންނަނީ އުފަލުންނެވެ. ނަމަވެސް އަނެކާ ހުންނަނީ ނުހަނު ބިރުގެންފައެވެ. އެއީ ކުޑަ މަރެކެވެ. އެހެންކަމުން، ތިބާ ހޭލެވޭއިރު ދުލުން އެންމެ ފުރަތަމަ ބޭރުވާ ބަހަކަށް "الحمد لله الذي أحيانا بعدما أماتنا وإليه النشور" ހަދައި، އަބަދުވެސް ﷲ عز وجل އަށް ޙަމްދާއި ޝުކުރު ކުރާށެވެ.

އަދި އާލްޢިމްރާން ސޫރަތުގެ ފަހު 10 އާޔަތްވެސް ވެއެވެ. އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُ ކިޔައިދެއްވާ ގޮތުގައި، އެކަލޭގެފާނުގެ ބޮޑުދައިތާފުޅު މައިމޫނާ رَضِيَ اللَّهُ عَنْهَا (ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން) ގެ ގޭގައި ރޭކުރެއްވި ރެއަކު އެކަލޭގެފާނު އަވަހާރަފުޅުލައްޕަވާ ކަމަށް ހައްދަވައިގެން އޮންނެވިއެވެ. ދެން ދަންވަރު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހޭފުޅުލައްވައި، އުޑުމައްޗަށް ބައްލަވައި އާލްޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް ކިޔަވައިވިދާޅުވިއެވެ. މިއީ ކިޔެވުން ސުންނަތްވެގެންވާ ގަދަފަދަ ސުންނަތެކެވެ. 

މި އާޔަތްތަކުން ﷲ عز وجل އަށް އޮންނަ އީމާންކަމާއި، އެކަލާނގެ ހަނދުމަކުރުން ހިތުގައި ސާބިތުކޮށްދެއެވެ. އަދި ހެޔޮޢަމަލުކުރާ ފިރިހެނުންނާއި އަންހެނުންގެ މާތްކަމާއި، އެއަށް ލިބޭނެ ހެޔޮ ޖަޒާ ބަޔާންކޮށްދެއެވެ. އަދި މުއުމިނުން ކެތްތެރިވުމަށާއި، ސާބިތުވެ ތިބުމަށާއި، ކާމިޔާބު ލިބިގަތުމަށްޓަކައި އިސްލާމީ އުންމަތުގެ އިންތައް ދުޝްމަނުންގެ ޙަމަލާތަކުން ރައްކާތެރިކޮށް ދިފާޢުކުރުމަށް އިރުޝާދު ދެއްވަމުން މި ސޫރަތް ނިންމަވާލައްވައެވެ. 


- ޝައިޚް އާޞިމް އަލްޙަކީމްގެ ދަރުސަކުން  

- މިއަދުނޫސް

 

މިއަދު އޮންލައިން