ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން އެވެ.
ހަސަން ޒިހާން މީސްމީޑިއާގައި އިނގިރޭސި ބަހުން ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ދައުލަތުގެ އެންމެ މުހިންމު ބާރުތައް ތަމްސީލުކުރާ އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ސުވާލު އުފައްދާފައެވެ. އަދި އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ ވަރަށް 'މަޖާ' ކަމަކަށް ވާނެ ކަމަށް ބުނެ އޭނާ ވަނީ ލިޔެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދައުލަތުގެ މުހިންމު ތަންތަނަށް ގެއްލުންދީ ހުޅުޖެހުމަށް ހިތްވަރުދީ ހިންގި މި ޣައިރު ގާނޫނީ އަމަލާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ މައްސަލަ ފުލުހުންގެ ފަރާތުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި އެ ތަހުގީގުގެ ތެރެއިން މިރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ދައުލަތުގެ މުއައްސަސާތަކަށާއި އާންމު ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކަށް ހިތް