ވޯލްޑް ކަޕްގަ ޤަތަރަށް އަރައިގަނެގެން މިއުޅެނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުން: ޝައިޚް އިމްރާން ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ވޯލްޑް ކަޕްގަ ޤަތަރަށް އަރައިގަނެގެން މިއުޅެނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުން: ޝައިޚް އިމްރާން ޙުސައިން

އަހަރެން ޤަބޫލުކުރާ ގޮތުގައި ކުޅިވަރުގެ މައިދާނަކީ ކުޅޭ ބައަކަށް ހަމަހަމަ ފުރުޞަތުތައް އޮންނަންޖެހޭ ތަނެކެވެ. އެކަންވެސް އެބަ ފެނެއެވެ. ސަޢުދި ޢަރަބިޔާ އާޖެންޓީނާ ބަލިކޮށްފިއެވެ. މިފަދަ އެކަމެއް މިހާރުވެސް ފެނިއްޖެއެވެ. 

ދެން ބަލައިލަންވީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުންނާއި ޤަތަރު ވޯލްޑް ކަޕް 2022 އާއި އޮތް ގުޅުމަށެވެ. މިގޮތުން ކީރިތި ޤުރްއާނުގައިވަނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުންނަކީ ފަސާދަކުރާނެ ބައެއް ކަމެވެ. ޤަތަރަށް އަރައިގަނެގެން އެއުޅޭ ހުޅަނގުގެ މީހުން އެފަތުރަނީ ފަސާދަ ނޫންހެއްޔެވެ؟ ނޫންނަމަ ކުޅޭ ކުޅިވަރަކާއި އެއްޖިންސުން ގުޅުން ހިންގުމާއި އޮންނަންވީ ކޮން ގުޅުމެއް ހެއްޔެވެ؟ 

އެމީހުން ފުރަތަމަ ފަސާދަކުރީ ބަހެވެ. އެއްޖިންސުން ގުޅުންހިނަގުމަށް "ގޭ" ކިޔަންފެށީއެވެ. އެއީ ބަސް ފަށާދަކުރުން ނޫންހެއްޔެވެ؟ ގޭގެ އަޞްލުމާނައަކީ ރީތިކަމެވެ. އެބަސް ހައިޖެކްކުރީއެވެ. މިބަސް ހައިޖެކްކުރީ ކުރާ ނުބައިކަން ބޮޑު ޢަމަލުގެ ޙަޤީޤަތް ފޮރުވައި މީސްތަކުންނަށް އޮޅުވާލަންވެގެންނެވެ. ނުބައި ހަޑިމުޑުދާރު ކަމެއް ރީތިކަމެއްގެ ގޮތުގައި ދައްކުވަން ވެގެންނެވެ. 

ނިކަން ބަލައިބަލާށެވެ. އެއްޖިންސުންގުޅުން ހިންގުން ހުއްދަކޮށް ކައިވެނިކޮށްދީ އެކައިވެންޏަށް ސެޓުފިކެޓް ހަދައިދޭން ބޭނުންވީމާ މިކިޔަނީ އެލްބީޖީއެކްސްވައިޒެޑް ކަހަލަ ނަމެކެވެ. 

މިހެންބުނީމާ އަހަރެންދެކެ ރުޅިއަންނާނީހެއްޔެވެ؟ ރުޅިއަންނަންވީ ޤަތަރަށް އަރައިގަނެގެން އެއުޅޭ ހުލަނގުގެ ފަސާދަކުރާމީހުން ދެކެ ނޫން ހެއްޔެވެ؟ ނިކަން ރަސިޔާއަށް ބަލައިލަބަލާށެވެ. އެބުނާ އެލްބީޖީ އެކްސްވައިޒެޑް އެވަނީ މަނާކޮށްފައެވެ. އެހެންކަމާއިއެކުވެސް ރަސިޔާ ކުށްވެރިކޮށްފައި ހުޅަނގަސް ތިއަ ތާއީދުކުރަނީ ކަލޭގެ ބުއްދިސަލާމަތުން ނެތީމައި ނޫންހެއްޔެވެ؟ 

ޢަރަބިންގެ ބިންތައް އިޒްރޭލަށް ދޭން ބޭނުންވީމާވެސް މިގޮތަސް ނަމެއް އުފެއްދިއެވެ. މިއަށް މިކިޔަނީ "ޢަރަބް ސްޕްރިންގ" އެވެ. އަނެއްކާވެސް މާނަ އޮޅުވައިލީއެވެ. އެއީ ޢަރަބް ސްޕްރިންގެއް ނޫނެވެ. އެއީ ޢަރަބިން ކަތިލަން ކުރާ ކަމެކެވެ.  

މިވާހަކަ ދެއްކީމާ މާދަމާ އަހރެން ދަތުރުފަތުރުކުރުން މަނާކޮށްފާނެއެވެ. އަހަރެންގެ ވެބްސައިޓްބަންދުކޮށްފާނެއެވެ. މިއީ އިންޞާފުކަމަށްވާނެ ހެއްޔެވެ؟ 

ހުޅަނގަސް މިހާރު ގަދަކުރެވި، ފަސާދަކުރަމުން އެގެންދެވެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ އަތުގައި ފައިސާހުރި ނަމަވެސް އެއިގައި އަގެއް ނެތުމުންނެވެ. އެމީހުންގެ ފައިސާގައި އަގުހުރުމުންނެވެ. މުސްލިމުންގެ އަތުގައި ހުރި ފައިސާގައި އަގެއް ނެތްކަމަށް މިބުނަނީ ދުނިޔޭގެ ބާޒާރު ނުވިއްކޭތީއެވެ. ކޮންމެ ކަމެއްކުރަން އެމީހުންގެ ފައިސާ ބޭނުންކުރަންޖެހޭތީއެވެ. ވީމާ އެމީހުންގެ ފައިސާގެ ބާރުހުރީމާ ދުނިޔެ ފަސާދަކުރަމުން ގެންދަނީއެވެ.

- ޝައިޚް އިމްރާން ޙުސައިން 

 

 

 

މިއަދު އޮންލައިން