ފިރިމީހާގެ ބަސްމަގު ރިވެތިކޮށް ޙިކުމަތްތެރިކުރާނަމަ އަނބިން ކައްކާތަކެތި އިތުރަށް މީރުކުރުވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފިރިމީހާގެ ބަސްމަގު ރިވެތިކޮށް ޙިކުމަތްތެރިކުރާނަމަ އަނބިން ކައްކާތަކެތި އިތުރަށް މީރުކުރުވޭނެ!

އަނބިން މަސައްކަތްކުރާނީ ވީހައި މީރުކޮށް ކެއްކުމަށެވެ. ނަމަވެސް ދިމާވާ ކަމެއްގެ ސަބަބުން ބައެއްފަހަރު އެންމެ މީރުކޮށް ނުކެއްކިދާނެއެވެ. އެފަދަ ޙާލަތުގައިވެސް ރުޅިވެރިކަމާއިއެކު ބަސް ނުބުނާށެވެ! ކައްކާފައިހުރިތަކެތި އަނބިމީހާގެގައަށް ޖެހުންފަދަ ކަންކަން ނުކުރާށެވެ! އޭނާ އެކައްކަނީ ހަމަ އެއިން އޭނާވެސް ކެއުމަށެވެ. ވީމާ ޤަޞްދުގައި ނުބައި ރަހައެއް ނުލައްވާނެއެވެ. 

އެފަދަ ވަގުތަކު މިފަދަ މޭރުމަކުން ބުނެލާށެވެ! "މީގެ ދެހަފްތާކުރިން ނުވަތަ ކުރީ ދުވަހު ކެއްކި ބިރިޔާނި ހާދަ މީރެވެ! އަދިވެސް އަނގައިގައި އެރަހަ ބަހުއްޓެވެ!" އެއިރުން އަނބިމީހާއަށް މެސެޖު ލިބޭނެ އެވެ. މިއަދު ކެއްކި ބިރިޔާނި ކެއްކިފައިހުރީ އެހައި މީރުކޮށްނޫންކަމުގެ މެސެޖެވެ. ދެން ފަހަރަކު ކައްކާއިރު ރަހަ މީރުކުރަން އިތުރަށް މަސައްކަތްކުރާނެއެވެ. 

ނަމަވެސް ރުޅިވެރި ބަސްތައް ބުނުމުން އެ ޝައުޤުވެރިކަމެއް ނުއުފެދޭނެއެވެ! 

ދެމަފިރިން އެކަކު އަނެކަކަށް ތަޢްރީފްކުރާށެވެ! އެކަމުގައި އިމެއް ނެތެވެ! ތަންކޮޅެއް ހުތުރު ހެދުމެއްލައިގެން ހުއްޓައިވެސް އެހެދުން ރިތިކަމަށް ބުނުމަކުން ދޮގުހެދިކަމުގެ ފާފައެއްވެސް ނުލިބޭނެއެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! 

އެކަމުގެ ސަބަބަކީ ތައްރީފްގެ ބަސްތައް ބުނުމަކީ ދެމަފިރިންގެ ގުޅުން ބަދަހިވާކަމަކަށްވެގެންދާ ކަމެވެ. ވީމާ އެންމެފުރިހަމައަށް ކަންކަން ނުވިނަމަވެސް ނަފްރަތުގެ ބަސްނުބުނެ ތަޢްރީފްގ ބަސްބުނާށެވެ! އިތުރަށް ކަމެއް އިޞްލާޙްކުރަންޖެހޭނަމަ އެކަން އިޞްލާޙްކުރަން ހިތްވަރުލިބޭނެ ގޮތަށް ބަސްތައް ބުނާށެވެ! 

އަނބިން ފިރިންގެ ކިބައިން އެދޭނީ ކައްކާނެ ތަކެތި ހޯދައި ދިނުމަށެވެ. ފރިން އެންމެ ބޮޑަށް އެދޭނެ ކަމަކީ މީރުކޮށް ކައްކާފައި ހުރުމެވެ. އަނބިން ކައްކާ ތަކެތީގެ ރަހަ މީރުވުމަކީ ފިރިން ގެއިން ކެއުމަށް ޝައުޤުވެރިވެ ގިނަވަގުތު ގޭގައި އުޅުމަށްވެސް މަގުފަހިވާ ކަމެކެވެ. ވީމާ މިއީ ދިރިއުޅުމުގެ އެންމެ މުހިންމު އެއްކަންތައް ކަމުގައި ފަންނުވެރިން ވިދާޅުވެއެވެ. 

ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން