މިއީ ޕާކިސްތާނުގެ އަޚުންނާ އުޚުތުންނަށް ރަޙުމްކުރަންވީ ވަގުތު!: "މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ"- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މިއީ ޕާކިސްތާނުގެ އަޚުންނާ އުޚުތުންނަށް ރަޙުމްކުރަންވީ ވަގުތު!: "މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ"- ޙަދީޘް

"މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ" ކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ޞަހީޙް ބުޚާރީ 2319 ބަލާށެވެ! 

މިއަދު މިއީ މީސްތަކުންނަށް ޕާކިސްތާނުގެ އަޚުންނާ އުޚުތުންނަށް އެންމެ ބޮޑަށް ރަޙުމްކުރަންވީ ދުވަހެވެ. ޕާކިސްތާނުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ރަސްމީ އަދަދުތަކުން އެނގޭ ގޮތުގައިވެސް 1162 މީހުން ވަނީ މަރުވެފައެވެ. 3000 އަށްވުރެ ގިނަ މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެތައް ހާސް އަކަމީޓަރުގެ ދަނޑުބިންތައް ވަނީ ހަލާކުވެގެންގޮސްފައެވެ. 33 މިލިއަން މީހުން ވަނީ ޙާލުގައި ޖެހިފައެވެ. އިޤްޠިޞޯދީ ގޮތުން ލިބުނު ގެއްލުންތައް ވަނީ 10 ބިލިއަން ޑޮލަރަށްވުރެ މަތިވެފައެވެ. 

މިޙާލަތަށް ދިއުމުން ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެއެވެ. މިހާރުވެސް ނިކަމެތިޙާލުގައި ތިބި އެތައް މިލިއަން މީހުން އިތުރަށް ނިކަމެތިވާނެއެވެ. ކުރިމަތި ނުވާނީ މިވެނި ދަތިަކމެއް ކަމަށް ބުނެވޭކަށް ނެތެވެ. 

މިއީ ވަކި މިވެނި ޤައުމެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ ހާލަތެއް ނޫނެވެ. ކޮންމެ ޤައުމަކަށްވެސް ކުރިމަތިވެދާނެ ޙާލަތެކެވެ. 

މުޅި ޤަުމަށް މިފަދަ ޙާލަތެއް ކުރިމަތިވުމުން ވިޔަފާރިތަކަށް އަންނަ ޙީނަރުތަކާއިއެކު ވިޔަފާރި ކުންފުނިތަކަށް ލިބޭ އާމްދަނީވެސް މަދުވެގެންދާނެއެވެ. ފައިދާވުމުގެ ބަދަލުގައި ގެއްލުންވާ ޙާލަތަށްވެސް ހިނގައިދާނެއެވެ. ބަނގުރޫޓުވެސް ވާނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް ރަޙުމްކުރާށެވެ! ރަޙުމް ނުކުރުމުން ﷲ ތަޢާލާގެ ރަޙްމަތުން ތިބާ ބޭރުކުރައްވަވައިފިނަމަ ތިބާއަށް ލިބިގެން ހިނގައިދާނެ ނިކަމެތިކަމާއިމެދު ވިސްނައިލާށެވެ! އެކަން އެމީހަކާއި ކުރިމަތިވާނީ ކޮން ދުވަހަކު ކޮން ސިފައެއްގައިކަމެއް ނުއެނގޭނެއެވެ. މިދުނިޔޭގައި ނުވަތަ އާޚިރަތުގައިކަމެއްވެސް ނުއެނގޭނެއެވެ. ވީއިރު އާޚިރަތް ދުވަހު އެމީހަކީ އެމީހަކަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާ މީހަކަށް ވެއްޖެ ނަމަ ވެގެންދާނެ ގޮތަށް ބިރުވެތިވާށެވެ! 

އެމީހެއްގެ ކިބައި ފޯރުންތެރިކަންހުރި މިންވަރަކުން ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދޭށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން