އަލަމްގިރަށް ކުރި ޙުކުމަށް ޑރ. އިޔާޟްގެ ކަންބޮޑުވުން: " އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އަލަމްގިރަށް ކުރި ޙުކުމަށް ޑރ. އިޔާޟްގެ ކަންބޮޑުވުން: " އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން!"

300 ވަރަކަށް މީހުންނާ ލިވާޠުކުރިކަމަށް ތުހުމަތުކުރެވޭ އަލަމްގިރަށް މިއަދު ކޯޓުން ކުރި ޙުކުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

"އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޟީ އަށް ނޭގުން، އަނެއްގޮތަކީ ޙައްޤުގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން، އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން. ތައުބާ ލައިދޭންވީ އަލަމްގިރި އަށް އެކަނި އެއް ނޫން. ޤާޟީ އަށް ވެސް ތައުބާ ލައިދޭންޖެހޭ.." ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. 

އުސްތާޛް ނިހާދުވެސްވަނީ ޙުކުމާއިމެދު ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. 

ނިހާދު ބިދާޅުވީ އިސްލާމް ދިނުގައި މަރުގެ އަދަބު ދޭން އޮތް ކުށެއްކުރިކަން ސާބިތުވުމުން 4. 7 މހަށް ޖަލަށްލާން ޙުކުމްކުރުމަކީ އިސްލާމުޖުތަމައަކާ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ބޮޑެތި ކުށްތައް ކުރުމުން ދެވޭ އަދަބީ ރިހާކުރު ފުޅިއެއް ވަގަށް ނެގުމުން ދެވޭފަދަ އަދަބެއްތޯވެސް ވަނީ ސުވާލުކުރައްވައިފައެވެ.  

Islām dhynuga maruge adhab kanda elhifaivā kushe koggen sābith vumun 4 maha, 7 maha jalah laan hukum kurumaky islāmy mujuthama aa eggothakavves ekashygenvā gothe noon. Mifadha bodethi kuhthaka araiganna myhunge adhabaky rihākuru fulhieh vaga nagā meehaka dhevey fadha adhabetho?

 

އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޟީ އަށް ނޭގުން،
އަނެއްގޮތަކީ ޙައްޤުގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން،
އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން. ތައުބާ ލައިދޭންވީ އަލަމްގިރި އަށް އެކަނި https://t.co/TrS9O0TtRA

— Dr.Mohamed Iyaz (@dr_iyaz) August 31, 2022
މިއަދު އޮންލައިން