މިއީ ޖެހޭ ވަރަށް ނުބައި ބައްޔެއް! އެމީހަކަށް ދިރިއުޅެން ލިބިފައިވާ ގެއިން (އަނބިމީހާގެ ކިބައިން) ހިތް ނުފުރޭ މީހެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިއީ ޖެހޭ ވަރަށް ނުބައި ބައްޔެއް! އެމީހަކަށް ދިރިއުޅެން ލިބިފައިވާ ގެއިން (އަނބިމީހާގެ ކިބައިން) ހިތް ނުފުރޭ މީހެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ!

ކާމިޔާބު މީހަކަށްވުމަށްޓަކައި ކުރަންޖެހޭ 3 ކަމެއް ރަސޫލް ބަޔާންކުރައްވަވައި ދެއްވެވިއިރު ދެވަނަ ކަމަކަށް ޙަދީޘްފުޅުކުރައްވަވާފައިވަނީ ދިރިއުޅެން ލިބިފައިވާ ގެއިން ހިތްހަމަޖެހުން ލިބޭ މީހަކަށްވުމެވެ. 

މިބަސްފުޅުގެ މާނައަށްބަލާއިރު އެއީ ދިރިއުޅޭ ގޭގެ ފުރިހަމަކަމެއް ނޫނެވެ. އަނބިދަރިންނާއި ޢާއިލާ އާއިއެކު އެމީހަކު ދިރިއުޅޭ ވަގުތު ހޭދަކުރުމުން ހިތްހަމަޖެހުން ލިބުމެވެ. މިއަދު އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ޢާއިލާތަކަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމީހެއްގެ ގޭތެރެއިން ހިތްޖަހުން ނުލިބުމެވެ. ގޭގައި އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރުމުން އުފާވެރިކަން ނުލިބުމެވެ. 

މީގެ މާނައަކީ ގޭތެރެއިން އުފާވެރިކަން ނުލިބެނީއެއް ނޫނެވެ. ގޭތެރެއިން ލިބޭ އުފާވެރިކަމަކީ އުފާވެރިކަން ކަމުގައި ބަލައި ނުގަނެވެނީއެވެ. ރަހަތަފާތުކޮށްލުމުން ނޫނީ ހިތްހަމަޖެހޭ ކަމަށް ޤަބޫލު ނުކުރެވެނީއެވެ. އެހެންވެ ތަފާތު މާޙައުލަކަށް ގޮސްލަން ބޭނުންވަނީއެވެ. ތަފާތު މީހުންނާއި ވާހަކަދައްކަން ބޭނުންވަނީއެވެ. ތަފާތު މީހުންނާއިއެކު ވަގުތު ހޭދަކޮށް އެންމެ ފަހުން ތަފާތު މީހުންގެ ކިބައިން އުފާވެރިކަން ހޯދަންވެސް ބޭނުންވަނީއެވެ. 

މިބަލި މިގޮތަށް އަށަގެންފި މީހަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ތަފާތުކޮށްލަން ބޭނުންވެވިގެންނެވެ. ވީމާ މިއީ ނަފްސަށްޖެހޭ ވަރަށް ނުބައިކަންބޮޑު ބައްޔެކެވެ. ޖެހިއްޖެ ނަމަ ފިލުވައިލަންވެސް ވަރަށް އުނދަގޫ ބައްޔެކެވެ. 

ތިމާއަކީ ކާމިޔާބު މީހަކަށްވުމަށް އެދޭ މީހާ މިބައްޔާއިމެދު ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ. މިބަލީގެ އަސަރުވެސް ހަށިގަނޑަށް ފޯރިއަދީގެން ނުވާނެއެވެ. އެކަމުގެ ފައިދޭ ދެދުނިޔޭގައިވެސް އެމީހަކަށް ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން