"---ވަރަށް ގިނަ މިސްކިތްތަކުގައި އެތެރެއަށް އަޑު ވަރަށް މަޑު ނުވަތަ ނުސާފު، ޚުޠުބާ ކިޔާއިރު ކިޔާ ނުކިޔާ އެއްޗެއް ނޭނގޭ. މިއަދުވެސް ހުޅުމާލޭ ބޮޑު މިސްކިތުގައި ހުކުރުނަމާދު ކުރިއިރު މިސްކިތުގެ އެތެރެއަށް އަޑު ނުސާފު، ފަންކާގެ އަޑު މާ ގަދަ، ބޭރަށް ހުރީ އަޑު ދީފަ. ބޭރަށް އަޑު ފޮނުވުމަށްވުރެ މުހިންމީ އެތެރެއަށް އަޑު ރީތިކުރުން. ޚުޠުބާ ކީ ގަޑިގައި ވަރަށް ގިނަ މީހުން ތިބީ ނިދިފައި، ސަބަބަކީ އަޑު ހުންނަންވާ ވަރަށް ނެތުން.
މިފަދަ ކަންކަން ކުރުމުގެ ޤާބިލިއްޔަތުކަން ދައުލަތުގައި ނެތްނަމަ ފަންޑު ފޮށި ހަދައިގެންވެސް މިކަންކަން ކުރަން ކޮންމެވެސް ބަޔަކު މަސައްކަތްކުރަން އެބަޖެހޭ. މިސްކިތް އެޅުމަށް ވަރަށް ގިނަ މީހުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވޭ، މިސްކިތް މަރާމާތު ކުރުމާއި މިސްކިތުގެ މިފަދަ ކަންކަން ރަނގަޅު ކުރުމަށް ކުރާ ހޭދައަކީވެސް މިސްކިތް ބިނާކުރުމަށްޓަކައި ކުރާ ހޭދަ."
- ޝައިޚް މުޙައްމަދު ޝާފިޢު