އިތުރު ޑެއިލީ ޑޭޓާއާއިއެކު ދިރާގު ސަޅި ޕްރީޕެއިޑް މިހާރު މާ ސަޅި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އިތުރު ޑެއިލީ ޑޭޓާއާއިއެކު ދިރާގު ސަޅި ޕްރީޕެއިޑް މިހާރު މާ ސަޅި!

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މިހާރުވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން 'ސަޅި 2 ވީކްސް' އަދި 'ސަޅި މަންތުލީ' ގެ ނަމުގައި ދެ ޕްލޭނެއް ކަސްޓަމަރުންނަށް ނެގޭނެއެވެ. 

މިގޮތުން 'ސަޅި 2 ވީކްސް' ޕްލޭންއިން ކަސްޓަމަރުންނަށް ދެ ހަފްތާއަށް 4 ޖީބީ ޑެއިލީ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ. އަދި 'ސަޅި މަންތުލީ' ޕްލޭންއިން ހަމައެކަނި 495 ރުފިޔާއަށް 150 ޖީބީ ޑޭޓާ އެއް މަހަށް ލިބޭނެއެވެ. މި ދެ ޕްލޭނުން ކުރެ ކޮންމެ ޕްލޭނަކުންވެސް ކަސްޓަމަރުންނަށް ހުރިހާ ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑްކޮށް ގުޅާލެވޭނެއެވެ. އަދި އެއް އެކްޓިވޭޝަނުން އިތުރު ޑޭޓާ ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ނުވަތަ 343 އަށް 'ސަޅި 2 ވީކްސް' އަށް ނަމަ ‘S1GB14’  ނުވަތަ 'ސަޅި މަންތުލީ' އަށް ނަމަ ‘S1GB30’  ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

 

މިއަދު އޮންލައިން