މުޅި ދުނިޔެވެސް މިވަގުތު މިވަނީ އިޤްޠިޞޯދީ ކާރިސާއެއްގެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ތަކެތީގެ އަގުތައް އުފުލެމުންދަނީއެވެ. ލިބޭ އާމްދަނީ ދަށްވަމުން ދަނީއެވެ. ކޮންމެ މީހަކުހެން މިތިބީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ.
މިފަދަ ކޮންމެ ޙާލަތެއް ކުރިމަތިވުމުންވެސް މުސްލިމުންނަށް އޮތީ އެކަންކަމުން ސަލާމަތްކުރެއްވެވުން އެދި ﷲ ތަޢާލާއަށް ދެންނެވުން ގިނަކުރުމެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމެވެ. ކޮންމެ މުޞީބާތަކުންވެސް ސަލާމަތްވުން އޮތީ އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވެވުމުންނެވެ.
"ޞަދަޤާތުގެ ސަބަބުން މުޞީބާތް އުފުއްލެވެއެވެ. (މުޞީބާތްތައް ނެތިކުރައްވަވައި މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ.)" އަދި "ދުޢާގެ ސަބަބުން މެނުވީ ޤަދަރު ބަދަލެއް ނުކުރައްވަވައެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
"ދުނިޔެ ބިރުވެރިކަމެއްގައިވާ މި ދަނޑިވަޅުގައި ވާޖިބުވެގެންވަނީ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން ވަރުގަދަކުރުމެވެ. އަދި މާތް 2 އަޅުކަން ކަމުގައިވާ ޞަދަޤާތް ދިނުމާއި ދުޢާކުރުން ގިނަކުރުމެވެ. ޞަދަޤާތުގެ ސަބަބުން މުޞީބާތް އުފުއްލެވެއެވެ. (މުޞީބާތްތައް ނެތިކުރައްވަވައި މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ.) ދުޢާގެ ސަބަބުން މެނުވީ ޤަދަރު ބަދަލެއް ނުކުރައްވަވައެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް