އައި ޔޫ އެމް ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިރަމަޟާން މަހު މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭ ގޮތުން 11 މިސްކިތެއްގައި ކީރިތި ޤުރުއާން އުގަންނައިދިނުމުގެ ޙަލަޤާތަކެއް ކުރިޔަށް ގެންދަންވަނީ ހަމަޖެހިފައެވެ.
މިގޮތުން ކޮންމެ މިސްކިތެއްގައިވެސް އަޞްރު ނަމާދަށްފަހު ހަފްތާ އަކު 4 ދުވަހު ކީރިތި ޤުރުއާން ތަޖްވީދު މަގަށް ކިޔަން ބޭނުންވާ ފަރާތްތަކަށް ޤާރިއަކާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.
މިޙަލަޤާތައްކުރިޔަށްދާނީ ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، އަންގާރަ ، ބުދަ ދުވަހުއެވެ.
ޚަބަރު: އައިޔޫއެމް