ޔުނޮޕްސް އިން ކްލައިމެޓް ޗޭންޖިންގ ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން ބޭއްވުނު މަޒުމޫނު ލިޔުމުގެ މުބާރާތް 2021 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބާއްވައިފިއެވެ.
މިއަދު މެންދުރު 14:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު މި ރަސްމިއްޔާތުގައި UNOPS ގެ ކަންޓްރީ މެނޭޖަރ ފޮރ މޯލްޑިވްސް އެންޑް ސްރީލަންކާ - ސުދީރު މުރަލިދަރަން، ސީނިއަރ ޕާޓްނާޝިޕް އެނެލިސްޓް ފޮރ މޯލްޑިވްސް - މާކޯ ޕެލެރޭ ގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ، ޔުނިވަރސިޓީގެ އިސްވެރިނާއި މުވައްޒަފުން އަދި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމުލަ 4 ބައިވެރިންނާއި އެކު ކުރިއަށްގެންދެވުނު މި މުބާރާތުގައި 1 ވަނައަށްދިޔަ ފަރާތްކަމުގައިވާ އާމިނަތު ފައިހާ ނަސީމަށް UNOPS ގެ ފަރާތުން USD2000 (2000 ޑޮލަރު)ގެ ޗެކެއް ޓިއުޝަން ސަބްސިޑީގެ ގޮތުގައި ވަނީ ދީފައެވެ. މި ޗެކް ހަވާލުކޮށްދެއްވީ UNOPS ގެ ކަންޓްރީ މެނޭޖަރ ފޮ މޯލްޑިވްސް އެންޑް ސްރީލަންކާ- ސުދީރު މުރަލިދަރަން އެވެ. އަދި މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.