ޝައިހް އިބްރާހިމް މެންކްގެ ދަރުސްތަކެއް ރޯދަމަހު ބާއްވަންނިންމައިފިއެވެ.
އަލް ޢަސްރު ޖަމިއްޔާއިން ކުރިއަށް ގެންދާ މި ދަރުސްގައި ޤުރްޢާނާއި ގުޅުން ހުރި މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ ކަމަށާއި މިއީ ޤުރްޢާނުގެ މައްސަރުގައި އެނގެން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެ ދަރުސްތަކެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ މިދަރުސްތަށް ކުރިއަށް ދާނީ ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށްފަހުއެވެ. މިދަރުސް ސިލްސިލާގެ މައުލޫއަކީ "ލިވިންގ ވިތް ޤުރްޢާން" މިއެވެ.
އަލް ޢަސްރުން ބުނެފައިވަނީ މިދަރުސްތައް ރާއްޖޭގެ ޓީވީތަކުންނާއި ރޭޑިއޯ އަދި އޮންލައިން މީޑިއާތަކަށްވެސް ލައިވް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެކަމަށާއި ވީހާވެސް ގިނަ ބަޔަކު މިދަރުސްތަކުން ފައިދާ ހޯދުމަށް އިލްތިމާސްކުރާކަމަށެވެ.