ﷲ އަށްވުރެ މޮޅަށް ތިމާމެންނަށް ކަންކަން އެނގޭކަމަށް ވެރިން ޤަބޫލުކުރާހާ ދުވަހަކު ވަޅިއެޅުމާ މީހުން މެރުމެއް ނުހުއްޓުވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ﷲ އަށްވުރެ މޮޅަށް ތިމާމެންނަށް ކަންކަން އެނގޭކަމަށް ވެރިން ޤަބޫލުކުރާހާ ދުވަހަކު ވަޅިއެޅުމާ މީހުން މެރުމެއް ނުހުއްޓުވޭނެ!

ބައެއް މީހުން ބުނެއެވެ. "ކުރިން ފުލުފުލުގައި މީހުން މެރިއެވެ. މިހާރަކު ނުމަރައެވެ." 

ފުލުފުލުގައި މީހުން ނުމެރިނަމަވެސް މިހާރުވެސް ގެންދަނީ މީހުން މަރަމުންނެވެ. ވަޅިހަރަމުންނެވެ. ކުޑަކުދިން މަރައި ކަނޑުފައްތަމުންނެވެ. ވެރިކަމުގެ ކޮންމެ ދައުރެއްގައިވެސް މިފަދަ އަނިޔާވެރިކަމެއް ދަނީ ހިނގަމުންނެވެ. މިހާރު ހިނގަމުންމިދާ ވެރިކަމުގެ ދައުރުގައިވެސް އެތައް ބައަކު މަރައިފިއެވެ. އެތައް ބައެއްގެ ގައިގައި ވަޅިއަޅައިފިއެވެ. 

ބުނަން އޮތީ ހަމަ އެއް ވާހަކައެކެވެ. "ﷲ ތަޢާލާ އަށްވުރެ މޮޅަށް ތިމާމެންނަށް ކަންކަން އެނގޭކަމަށް ވެރިން ޤަބޫލުކުރާހާ ދުވަހަކު ވަޅިއެޅުމާ މީހުން މެރުމެއް ނުހުއްޓުވޭނެއެވެ. ޤުރްއާނަށްވުރެ އދ ގެ ޤަރާރުތައް މޮޅުކަމަށް ޤަބޫލުކުރީމާ ފިތުނަތަކާ ޖަރީމާތައް ދަނީ އިތުރުވަމުންނެވެ." 

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅުތަކުން މިކަންކަން ހަމަ ވަރަށް ސާފެވެ.  

"ޙައްޤަކާ ނުލައި މީހުން މަރާ މީހުންނަށް ޤިޞާޞްގެ ޙުކުމް ތަންފީޒު ނުކުރެވޭހައި ހިނދަކު، އަމާންކަމެއް ނުއަންނާނެއެވެ. (އަމާންކަމެއް ނުލިބޭނެ އެވެ.) ޤިޞާޞްގެ ޙުކުމް ﷲ ތައާލާ ކީރިތި ޤުރްއާނުގައި ބާވައިލެއްވެވީ ކަމަކު އެވެ. 

ޤިޞާޞަކީ ޤާތިލު މީހާއަށްވާ ކައްފާރާއެކެވެ. އަދި އެހެނިހެން ފަރާތްތަކަށްވާ ޢިބްރަތެކެވެ."

- ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު އެމޭރުމުން އެ ވިދާޅުވީ އެކަމަށް މާތް ﷲ ގެ ވަހީ ބަސްފުޅު ކީރިތި ޤުރްއާނުގައި އޮތުމުންނެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލް ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިއަބައިމީހުންގެ މައްޗަށް ފަރުޟް ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞް ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި އިހްޞާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިއަބއިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން (ތިއަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަހްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބް ހުށްޓެވެ. (ބަޤަރާ: 178) 

ކީރިތި ޤުރްއާނަށްވުރެ މޮޅު ގޮތް ހޯދަން މަސައްކަތްކުރާ މީހުން ދެދުނިޔެއިން ގެއްލި ހަލާކުވެ، މުޖުތަމައުތައް ފަސާދަވެ ޣަރަޤުވަމުންދާއިރު ރާއްޖެއިން ވެސް ފެންނަމުން ދަނީ މާތް ﷲގެ އަމުރުފުޅުތަކަށްވުރެ ޝައިޠާނީ އަމުރުތައް ތަންފީޒުކުރެވޭތަން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

 

މިއަދު އޮންލައިން