ލޯބީގެ އެންމެ މުހިންމު ކްއިޒް- ނިކަން ޖަވާބުދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ލޯބީގެ އެންމެ މުހިންމު ކްއިޒް- ނިކަން ޖަވާބުދީބަލަ!

ތިމާ އުޅެނީ ކޮންމެވެސް މީހަކު ދެކެ ލޯބިވެގެން ކަމަށްވާނަމަ ތިމާއަށް އޭނާ އާއިމެދު އުޅެވޭ ގޮތް ހިތަށް ގެންނާށެވެ! ދެން ނިކަން މިސުވާލުތަކަށް ޖަވާބުދީބަލާށެވެ! 

1 އޭނާގެ ނަން އަޑުއިވުމުން ހިތަށް ގޮތްތަކެއްވޭހެއްޔެވެ؟ އަސަރުކުރެހެއްޔެވެ؟

2 އޭނާގެ ގާތުގައި ހުންނައިރު ތިމާއަށް އުފާވެރިކަން ލިބޭހެއްޔެވެ؟ އޭނާގެ ގާތުގައި ގިނަވަގުތު ހުންނަން ބޭނުންވޭ ހެއްޔެވެ؟

3 އޭނާ އާއިބެހޭ ގޮތުން އިތުރަށް ކަންކަން އޮޅުންފިލުވަން ބޭނުންވޭ ހެއްޔެވެ؟ އޭނާގެ ފޭސްބުކް، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގައި އޭނާ ބުނެފައި ހުންނަ އެއްޗެތި އޮޅުންފިލުވަން ޝައުޤުވެރިވެވޭ ހެއްޔެވެ؟

4 އޭނާ ރުހޭނެ ގޮތަށް ހެދުން އަޅަން ޝައުޤްވެރިވެވޭހެއްޔެވެ؟

5 ތިމާގެ މުސްތަޤްބަލް އުޖާލާ ކުރެވޭނީ އޭނާ ރުހޭނެ ގޮތަށް ކަންކަން ކޮށްގެން ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

6 އޭނާގެ ހަނދާނުގައި ރޭގަނޑު ނުނިދިފައި އޮންނަން ހެއްޔެވެ؟ 

މިސުވާލުތަކަށް ތިބާގެ ޖަވާބަކީ އާނއެކޭ ކަމަށްވާނަމަ މަރުޙަބާއެވެ! ތިބާއަށް ތިއަވަނީ ހަމަ ޙަޤީޤަތުގައިވެސް އޭނާދެކެ ލޯބިވެވިފައެވެ. 

ދެން ހަމަ މިސުވާލުތައް އަމިއްލަ ނަފުސާއި އަލުން ކޮށްލާށެވެ! ސުވާލުކޮށްލާއިރު ލޯބިވެރިޔާގެ ބަދަލުގައި ﷲ ތަޢާލާ ހިތްމައްޗަށް ގެންނާށެވެ! އެކަލާނގެއާއިމެދު މިފަދައިން ތިބާގެ ހިތަށް ވަދޭހެއްޔެވެ؟ މިފަދައިން ކަންކަން ބޭނުންވޭ ހެއްޔެވެ؟ 

ޖަވާބަކީ އާނއެކޭނަމަ މަރުޙަބާއެވެ! ތިބާއަށް ތިއަވަނީ ﷲ ތަޢާލާދެކެ ލޯބިވެވިފައެވެ. އޮތީ އެ ލޯބިއިތުރުކޮށް ވަރުގަދަކުރަން މަސައްކަތްކުރުމެވެ. 

ހަނދާންކޮށްލާށެވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ކާފަދަރިދަރިކަލުންނާއި ޞަޙާބީންނާއި އެންމެހައި މީސްތަކުން ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގެންނެވިއެވެ. އެހެނަސް އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަތީ ﷲ ތަޢާލާ ދެކެއެވެ. އަހަރެމެންނަށް އޮތީ އެންމެ ބޮޑަށް ﷲ ތަޢާލާ އާއި ލޮބުވެތި ނަބިއްޔާ މުޙައްމަދު ދެކެ ލޯބިވުމެވެ.

މިއަދު އޮންލައިން