ޙަޤީޤީ ޙާދިސާ: ފަހު އަހަރު ޙާލުގަ ޖެހުނީމަ ކިޔަވައިދޭން ފިރިމީހާ ގެއަށް ގެނައި ދަރިވަރަށް ކިޔަވައިދިނީ އެނދުގަ- ޑިގްރީ ނުކުތީ ވިހޭމަ ބަނޑުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޙަޤީޤީ ޙާދިސާ: ފަހު އަހަރު ޙާލުގަ ޖެހުނީމަ ކިޔަވައިދޭން ފިރިމީހާ ގެއަށް ގެނައި ދަރިވަރަށް ކިޔަވައިދިނީ އެނދުގަ- ޑިގްރީ ނުކުތީ ވިހޭމަ ބަނޑުން!

އަހަރެންގެ ފިރިމީހާއަކީ މާތަނަވަސް މީޙެއް ނޫނެވެ. ނަމަވެސް ކުޑަވަރެއްގެ ވިޔަފާރިވެރިއެކެވެ. އެއް ދުވަހަކު ގެއަށް އައީ ހަގު އުމުރުގެ އަންހެން ކުއްޖެއް ގޮވައިގެންނެވެ. ބުނީ އެއީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް ކަމަށާއި ދަރިފުޅު މާލޭގައި ކިޔަވަން ބަހައްޓާފައި ހުރިގެއިން އިހާނެތިކޮށް ކަންކަން ކުރާތީ އޭނާ އެދިގެން މިއަހަރު ނިމެންދެން މިގޭގައި ބަހައްޓާލަން ގެއަށް ގެނައީ ކަމަށެވެ. އަދި މިއީ އޭނާގެ ފަހު އަހަރުކަމަށްވުމުން ރަނގަޅު މާޙައުލެއް ބޭނުންވާތީ އޭނާއަށް އެހީތެރިވެދިނީ ކަމަށެވެ. 

އެހެން ބުނުމުން ދެކޮޅެއް ނުހަދަމެވެ. އެފަދަ ޙާލެއްގައި ހުރި ކުއްޖަކަށް އެހީތެރިވުމަކީވެސް އަޅުކަމަކަށްވާތީ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެކުއްޖާ އަޅުގަނޑު ބުނާ ގޮތަށް ކަންކަން ނުކުރާތަނުގައި އަޅުގަނޑަށް އަމުރުކުރަން ފެށުމުން ކުޑަކޮށް ކަންބޮޑުވިއެވެ. ފިރިމީހާ ގާތުގައި އެވާހަކަ ދެއްކީމާ ބުނަނީ އެގޭގައި އުޅެންޖެހުނު ގޮތުން ސިކުނޑިއަށް އަސަރުކޮށްފައިވާތީ މެދުވެރިވާ ކަންކަން ކަމަށެވެ. 

އެހެން ބުނި ނަމަވެސް އަޅުގަނޑަށް އެވާހަކަތައް ޤަބޫލުކުރަން އުނދަގޫވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އެހެން ހުރެފައި ހޮނިހިރު ދުވަހަކު އަޅުގަނޑު އޮފީހުގައި ހުރެފައި ކަމަކު ގެއަށް އާދެވުނު އިރު އެކުއްޖާ ފެންނާކަށް ނެތެވެ. ގޮސް އޭނާގެ ކޮޓަރި ބެލިއިރު އެކޮޓަރިއަކުވެސް ނެތެވެ. ދެން މަޑުމަޑުން ގޮސް އަޅުގަނޑުމެން ދިރިއުޅޭ ކޮޓަރީގެ ދޮރުފަތުގައި ކަންފަތް ޖެހުމުން ބައަކު ވާހަކަދައްކާކަން އެނގުނެވެ.

ތަޅުދަނޑި ޖަހައި މަޑުމަޑުން ހުޅުވާލަން ހިފިތަނާ ހުޅުވިއްޖެއެވެ. ދެމީހުން ތިބީ އެނދުގައެވެ. މިވަރުން ފުއްދައިލާށެވެ. އަޅުގަނޑަށް ބުނެވުނެވެ. "ތިއަ ކިޔަވައިދިނުން މިގެއަކު ކުރިއަކަށް ނުގެންދެވޭނެއެވެ. މިއީ އަހަރެންގެ ގެއެވެ. ދެމީހުންވެސް އަވަހަށް މިގެއިން ނުކުންނާށެވެ."  

ދެމީހުންވެސް ބަހަނާތައް ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އަޅުގަނޑު އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެމެވެ. ވަގުތުން ދެމީހުން ގެއިން ނެރެލީއެވެ. ފަހުން އަޑުއިވުނު ގޮތުގައި އެކުއްޖާ ބަލިވެ އިނދެ ވިހެއީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިޒަމާނުގައި ހާލުގައި ހުންނަ ކުއްޖަކަށް އެހީތެރިވާން ނަމަވެސް ގޭގައި ބެހެއްޓުން މިވަނީ ވަރަށް ނުރައްކައުތެރިކަމަކަށްވެފައެވެ. ފިރިން ދައްކާ ވާހަކަތައްވެސް ރަނގަޅަށް ދެކޮޅު ނުބަލައި އަޑުއަހާނަމަ ގިނަ ފަހަރަށް ލިބެނީ މިފަދަ ބޮޑެތި ގެއްލުމެވެ. ނުބައިކަމެއް ފެންނަންދެން އިތުބާރުކުރަންވާނެ ކަމަށް އޮންނަ ބަހަށް ޢަމަލުކޮށްގެން މިހާރަކު ފުދޭކަށް ނެތެވެ. ކިރިޔާވެސް އިތުބާރެއް ކޮށްފިނަމަ މިއޮންނަނީ ބޮނޑިދަށުލައިފައެވެ. މިހިރީ ހައްތާވެސް ވިސްނަން ޖެހިފައިވާ ކަންކަމެވެ. 

- ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން