ވިހިއިންސައްތައަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށްރަށުގައި ދަރިވަރުން މާސްކް އަޅަން ނުޖެހޭނެ: އެޑިއުކޭޝަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ވިހިއިންސައްތައަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ރަށްރަށުގައި ދަރިވަރުން މާސްކް އަޅަން ނުޖެހޭނެ: އެޑިއުކޭޝަން

ޕޮޒިޓިވިޓީ ރޭޓް %20 އަށް ވުރެ ދަށް ރަށްރަށުގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާއިރު މާސްކު އަޅަން ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ތަންތަނުގައި މާސްކު އަޅަން ނުޖެހޭނެ ކަމަށް ނިންމުމާއި ގުޅިގެން ބައްޔަށް ޕޮޒިޓިވްވާ ރޭޓް %20 އަށްވުރެ ދަށްކޮށް އުޅޭ ރަށްތަކުގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމުގައި އަންގާ ކަމަށެވެ.

މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމުގައިވިޔަސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށާއި، ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށްދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ..

މިއަދު އޮންލައިން