ގޮނޑުން ތުއްތު ކުއްޖަކު ހޮވައި ލޯބިދިނުމުން ބަންދުގައި ހުންނަންޖެހުނު ފަޤީރު އަންހެނެއްގެ އިނާމަކަށް ކުއްޖާގެ ތަނަވަސް ބައްޕައާއި ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ގޮނޑުން ތުއްތު ކުއްޖަކު ހޮވައި ލޯބިދިނުމުން ބަންދުގައި ހުންނަންޖެހުނު ފަޤީރު އަންހެނެއްގެ އިނާމަކަށް ކުއްޖާގެ ތަނަވަސް ބައްޕައާއި ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

ޖީޒާއަކީ ފަޤީރުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ކުޑަކުޑަ ޖިފުޓިއެއްގައި އެކަނި ދިރިއުޅުނު އަނހެން ކުއްޖެކެވެ. އާދައިގެމަތިން ކާނެ އެއްޗެއް ލިބޭތޯ މީހުން ކުނި އުކައިލާ ސަރަހައްދަކަށް ދިއަތަނާ އިވުނީ ކުނިތަކުގެތެރެއިން ތުއްތުކުއްޖަކު ރޯއަޑެވެ. 

އެކުއްޖާ ފެނޭތޯ ކުނިތައް ހާވަމުން ދަނިކޮށް ފެނުނީ ބިންމަތީގައި ބާއްވާފައި އޮތް ކުޑަކުއްޖެކެވެ. ކުއްޖާގެ ގައި މައްޗަށްވަނީ ކުނިތައް އަޅައި ނުފެންވަރުކޮށްފައެވެ. ޖީޒާ އަވަސް އަވަހަށް ކުއްޖާ ނަގައިގެން އޭނާގެ ޖިފުޓިއަށް ގެންދިއައެވެ. އަދި އެކުއްޖާ ބެލެހެއްޓުމަށްފަހު އަނެއްދުވަހު ކުއްޖާ ގޮވައިގެން ފުލުހުންގެ މަރުކަޒަކަށް ގެންގޮސް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. 

ފުލުހުން ބުނީ އެކުއްޖާ ގެއްލިގެން އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން އެދެމަފިރިންނަށް ގުޅައިގެން ގެނެސް ކުއްޖާ ޙަވާލުކުރަން އުޅުމުން ކުއްޖާގެ މަންމަ އުޅުނީ ދަރިފުޅު ވަގަށް ނެގީ ޖީޒާކަމަށް ހަދާށެވެ. ނަމަވެސް އޭނާ ކުރިން ފުލުހުންނަށް ދިން ބަޔާނުގައިވާ ވާހަކަތަކާއި ފަހުން ދެއްކި ވާހަކަތައް ދިމާނުވުމުން ފުލުހުން އޭނާ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރިއެވެ. އެހެންކަމާއިއެކުވެސް ތަޙްޤީޤް ނިމެންދެން ކަމަށްބުނެ ޖީޒާ ފުލުހުންގެ ބެލުމުގެދަށުގައި ބޭންދިއެވެ.  

ޖީޒާ ފުލުހުންގެ ބެލުމުގެދަށުގައި އިންނަތާ ހަފްތާއެއްވީ ދުވަހު އެކުއްޖާގެ ބައްޕަ އައިސް ބުނީ ދަރިފޫޅު ގެއްލުވާލަން މަސައްކަތްކުރީ އޭނާގެ އަނބިމީހާ (ކުއްޖާގެ މަންމަ) ކަމަށް ޤަބޫލުކުރާ ކަމަށެވެ. އޭނާގެ އަނބިމީހާ ފިލީ ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ކަމަށާއި އެރޭ އަހަރެންދެކެ ވެސް ދަރިފުޅު ދެކެވެސް ލޯބިނުވާކަމަށްވެސް ބުނެފައިވާ ކަމަށެވެ. އޭނާ ބުނީ ދަރިފުޅު ބަލައިދޭން އޭނާގެ ގޭގައި އިނދެދިނުމަށް އެދޭކަމަށާއި މުސާރަވެސް ދޭނެ ކަމަށެވެ. 

ޖިޒާއަކީ ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުން އަންނަ އަނހެނަކަށްވާތީ ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ. އޭނާ އާއިއެކު އެގެއަށް ދިއައިރު ގެންގުޅޭ ނޯކަރުން އުޅެނީ ކުއްޖާގެ ރުއިން ނުހުއްޓުވިގެންނެވެ. ޖީޒާ ކުއްޖާ އުރައިލުމާއިއެކު ރުއިން ހުއްޓާލައި ނިދައިފިއެވެ. ހީވަނީ އަމިއްލަ މަންމަގެ ގާތަށްދެވުމުން ކުއްޖާއަށް ހަމަޖެހުން ލިބުނުހެންނެވެ. 

ޖީޒާއަކީ ކިތަންމެ ފަޤީރުވެފައި ނިކަމެތި ނަމަވެސް ޖީޒާގެ ހަރުދަނާ ދިރިއުޅުމަށް ބަލައި އަދި ދަރިފުޅު ބަލަން ޖީޒާ ބަހައްޓާ ސަމާލުކަމަށާއި ޑޭ ސަމާލުކަމަށް ބަލައި ދުވަސްކޮޅެއް ފަހުން ކުއްޖާގެ ބައްޕަ ޖީޒާގެ ކިބައިން އެދުނީ އޭނާ އާއި ކައިވެނިކުރުމަށެވެ. އެއީ ދަރިފުޅުދެކެ ލޯބިވާ ދެވަނަ މަންމައެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. ޖީޒާ އެކަންވެސް ޤަބޫލުކޮށް ކައިވެނިކުރުމުން އުފާވެރި ދިރިއުޅުމެއް ލިބުނެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުޑަކުދިންދެކެ ލޯބިވާށެވެ! އެކުދިންނަށް ލޯބިދޭށެވެ. އެމީހަކަށް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. 

އަޅުގަނޑަކީ ވަރަށް ދަތިޙާލުގައި އުޅެމުންވެސް ބޭބެގެ އަނބިމީހާ ވަރިވެގެން ދިއުމުން ބޭބެގެ ދެދަރިން ބެލި އަންހެނަކީމެވެ. އެއީ ބުރަ ކަމެކެވެ. ނަމަވެސް އެއީ ބުރައަކަށް ނެދެކި އެ 2 ކުދިން ގެންގުޅެންފެށިފަހުން އަޅުގަނޑަށް ވަނީ ވަރަށް ގިނަ ގޮތްގޮތުން ރަޙްމަތް އިތުރުވެފައެވެ. 

- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން