ރޯދަމަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއާ، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތު ގަޑިތައް ރައީސް ހަމަޖައްސަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ރޯދަމަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއާ، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތު ގަޑިތައް ރައީސް ހަމަޖައްސަވައިފި

ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 4/2022 ވަނަ ނަންބަރު ދެންނެވުމުގައެވެ. އަދި ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

 

ޚަބަރު: ރައީސް އޮފީސް

މިއަދު އޮންލައިން